ads
ފޮޓޯ: އެމްޓީސީސީ
ދަރަނބޫދޫ އާއި ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް
ފ. ދަރަނބޫދޫ އާއި ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 32 އިންސައްތަ މިހާރު ނިމިފައިވާއިރު ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ 38 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ލަންދޫ ބަނދަރު ތަރައްގީކުރުމާއި ގުޅިގެން އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 96 އިންސައްތަ އާއި، މިހާރު ހަދާފައިހުރި ނެރު ފުންކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާ ކަމަށެވެ. 

އެ މަޝްރޫއުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ. 

ޕްލޭނިން މިނިސްޓްރީން އެކުންފުންޏާއި ހަވާލުކުރި އެ މަޝްރޫއުއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އޭގެ އިތުރުން ދަރަނބޫދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 38 އިންސައްތަ މިހާރު ނިމިފައިވާއިރު އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް 16 ޖެނުއަރީ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަން ފާހަގަކޮށް އެކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން، 38،600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް