ads
ސެލްމޮނެއްލާ ޖަރާސީމު
ސެލްމޮނެއްލާ ޖަރާސީމު ހުރި އުފެއްދުމެއް ރާއްޖެ އެތެރެކޮށްފި
ސެލްމޮނެއްލާ ޖަރާސީމް ރާއްޖެއަށް އެތެރެވެފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު އިން ބުނެފިއެވެ.
Advertisement

ހެލްތު މިނިސްޓްރީއިން މިއަދު އާމުންކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސެލްމޮނެއްލާ ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ އިޓަލީ ވިލާތުގެ ސަލާމީ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއީއެފްއެފް) އިން ވަނީ އެ މިނިސްޓަރީއަށް އަންގާފައި ކަމަށެވެ.

އަދި އެ އެލާޓްއާ ގުޅިގެން އެ ޖަރާސީމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކަލުގެ މިންވަރު ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓަރީން ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނިއެވެ.

ސެލްމޮނެއްލާ ޖަރާސީމަކީ އާންމުކޮށް ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ އެއްޗެކެވެ. އެ ބަލިމަޑުކަން ވަރަށް ގިނައިން އެމެރިކާގައި ރިޕޯޓް ކުރެވެއެވެ. އެ ޖަރާސީމު ކާއެއްޗިހީގައި ހުންނައިރުގައި ވަހެއް އަދި ރަހައެއް ވެސް ނުލާނެއެވެ.

އެ ޖާރާސީމުން ޖެހޭ ބައްޔަށް ކިޔަނީ ސެލްމޮނެއްލޮސިސް އެވެ. މި ބަލީގައި ބަނޑުގައި ރިއްސުމާއި ހުންއައުމުގެ އިތުރުން ބޭރަށް ހިނގުން ދިމާވާނެއެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް