ads
މުހައްމަދު ސައީދު
އެމްޑީޕީގެ ސަރުކާރުގައި ބަސް ބުނަނީ ބޭރު ގައުމުތަކުން: ސައީދު
އެމްޑީޕީގެ ވެރިކަމެއްގައި ގައުމުގެ މުހިންމު ކަންކަމުގައި ގޮތް ކިޔުން އެއީ ބޭރުގެ ސަފީރުންގެ ލެވަލްގައި ކުރާ ކަމަކަށް ވެގެންދާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ސައީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ވެކްސިން ލިބުމަކީ ރައްޔިތުންގެ އިންތިޒާރެއް ކަމަށާއި އެއީ ދައުލަތުގެ ވެރިމީހާ ގާތު ރައްޔިތުން އިސްވެ ކުރި ސުވާލެއް ކަމަށެވެ. އަދި ނުރައްކާ އޮތަސް ރާއްޖޭގެ ބޯޑަރު ހުޅުވަން ރައްޔިތުން ރުހުންދިނީ ވެސް ހައްލު ހޯދުމަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ފެށޭއިރަށް ގައުމުގެ މުހިއްމު ކަންކަމުގައި ގޮތް ކިޔުން އެއީ ބޭރު ގައުމުތަކުގެ ސަފީރުންގެ ލެވަލްގައި ކުރާ ކަންކަމަށް ވެގެންދާ ކަމަށާއި ރާއްޖެއަކީ ކުޑަ ވިޔަސް މިނިވަން ގައުމެއް ކަމަށެވެ. އަދި ކޮވިޑު ވެކްސިން ކަންތަކުގައި ރައްޔިތުންނަށް އިސް ބަހާއެކު ނަސޭހަތްތެރިވާނީ ގައުމުގެ އިސް ވެރިޔާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދް އެ މޭރުމުން ވާހަކަދައްކަވާފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފައްދާފައިވާ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް، އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އިންޑިއާގެ އެހީގައި ހެދި ސިންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ބޭސް އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އަވަށްޓެރިންނަށް އިންޑިއާ އިން ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރެއިން ވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ވެކްސިން ދިނުމަށް މުޅި ދުނިޔޭގައި ވެސް ހިންގާ އެންމެ ބޮޑު އެއް ޕްރޮގްރާމް އިންޑިއާގައި ވަނީ އިއްޔެ ފަށައިފަ އެވެ. އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީ އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ބޮޑުވަަޒީރު ނަރެންދުރަ މޯދީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް