ads
ގއ. ދެއްވަދޫ-- ފޮޓޯ: ދެއްވަދޫ/ ފޭސްބުކް
ދެއްވަދޫ ކުލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަށް!
ގއ. ދެއްވަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 69 އަށް އަރައިފައިވާކަމަށެވެ.

އަދި ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ގެނައުން ލަސްވި ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ޑރ.ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ދެއްވަދޫގެ އިތުރުން އެ އަތޮޅުގެ ތިން ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. 

ރާއްޖެއިން މިއަދު ޓެސްޓުކުރެވުނު 3003 ސާމްޕަލްގެ ތެރެއިން 51 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 19 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 3 މީހުންނާއި، ރިސޯޓްތަކުން 28 މީހުންނާއި އަދި ސަފަރީއަކުން ޕޮޒިޓިވްވި 1 މީހުންނެވެ.  

ރާއްޖެއިން މިހާތަނަށް 14،513 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވީ 13،540 މީހުންނެވެ. 

އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 917 އަށް އަރާފައެވެ. އޭގެތެރެއިން 69 މީހަކަށް އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ރާއްޖެއިން 49 މީހަކު ވަނީ ކޮވިޑް-19 ގައި މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް