ads
ވިރާޓް އާއި އަނުޝްކާ--
ދަރިއަކު ލިބުމުން ވިރާޓްގެ ޓްވިޓާ ބަޔޯގައި ލިޔުނީ ކީކޭކަން އިނގޭތަ؟
ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އެކްޓްރެސް އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަށް މި މަހުގެ ތެރޭގައި ވަނީ ފުރަތަމަ ދަރިފުޅު ލިބިފަ އެވެ.

އެ ދެ މީހުންނަށް އަންހެން ދަރިއަކު ލިބުނީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ. އެތައް ބަޔަކު ދަނީ އެމީހުންނަށް މަރުހަބާގެ މެސެޖުތަލާއި ހަދިޔާތައް ފޮނުވަމުންނެވެ.

ބައްޕައަކަށް ވުމާއެކު ވިރާޓްގެ ޓްވިޓާ ބަޔޯއަށް ގެނައި ބަދަލެއް އޭނާގެ ސަޕޯޓަރުންގެ ލޮލުގައި މި ވަނީ އަޅައިގަނެފަ އެވެ. އޭގައި ލިޔެފައި ވަނީ "އަ ޕްރައުޑް ހަޒްބަންޑް އެންޑް ފާދާ" ނުވަތަ "ފަހުރުވެރި ފިރިއެއް އަދި ބައްޕައެއް" މިހެންނެވެ.

އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅުގެ ފޮޓޯއެއް މިހާތަނަށް ފޭނުންނަށް ދައްކާލާފައެއް ނުވެ އެވެ. ވިހެއުމާއެކު އެމީހުން ޕަޕަރާޒީންގެ ކިބައިން އެދިފައި ވަނީ ވެސް ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި އާއްމު ނުކުރުމަށެވެ. 

އަނުޝްކާ އާއި ވިރާޓް ކައިވެނި ކުރީ 2017 ވަނަ އަހަރު އިޓަލީގަ އެވެ. މި ދެ މީހުން އެކުގައި ލޯބިން އުޅޭ މަންޒަރު ވަރަށް ގިނައިން ޕަޕަރާޒީންގެ ފޮޓޯތަކުން ފެނެ އެވެ.

ޝާރުކް ހާން އާއެކު ފިލްމު "ޒީރޯ" އިން 2018 ވަނަ އަހަރު އެންމެ ފަހުން ފެނުނު އަނުޝްކާ މި އަހަރުގެ ތެރޭގައި އަލުން މަސައްކަތަށް ނިކުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް