ފައިނަލް މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި މެސީއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ބިލްބާއޯގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމުންނެވެ.
އެ މަންޒަރު ރެފްރީއަށް ނުފެނުމުން، މެސީއަށް ރަތް ކާޑު ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މެސީ ހަމަލާ ދިން މަންޒަރު ބެލުމަށް ފަހު އެވެ.
މިއީ ބާސާއަށް ކުޅެނިކޮށް މެސީއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. މިހާތަނަށް ބާސެލޯނާއަށް ހަތް ސަތޭކަ ފަންސާހަށް ވުރެ ގިނަ މެޗު މެސީ ކުޅެފައިވާއިރު އަދި އެއްމެ ރަތެއް ވެސް ދައްކާފައެއް ނުވެ އެވެ.