އަނިޔާއަށް ފަހު އެނބުރި އައިސް، އުމުރުން ތިރީސް ނުވަ އަހަރުގެ ޒްލަޓާން ރޭގެ ފުރަތަމަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭނާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅު މި ލަނޑު ޖެހިއިރު ދެވަނަ ލަނޑު އޭނާ ޖެހީ ދެވަނަ ހާފުގައެވެ. ރޭގެ ދެ ލަނޑާއެކު ޒްލަޓާން މި ސީޒަންގައި ޖެހި ލަނޑުގެ އަދަދު ވަނީ ތޭރައަށް އަރާފައެވެ.
ލަނޑު ލިސްޓުގެ އެންމެ ކުރީގައި ޒްލަޓާން ހިމެނޭ އިރު އަނިޔާގެ ސަބަބުން އަދި ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ވެސް ގެއްލިފައިވެއެވެ.