އެކަން ހާމަކޮށްފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެެވެ.
އެކަން ހާމަކޮށް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކަމަށެވެ.
އަދި އެގޮތަށް ނިންމާފައިވަނީ ގައުމުގެ ހާލަތު ހުރި ގޮތުން އެ ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމުގައި އެމަނިކުފާނުގެ ދައުރު މުހިންމު ކަމަށް އެ ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރައްވާތީ ކަމަށް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީން ވަނީ އެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އިސްލާހު ގެނެސްފައެވެ.