ކުއްޖާގެ ޕްރައިވެސީ ސަލާމާތް ކުރުމަށް ކަމަށް ބުނެ ކަރީނާ އެމީހުންނަށް ލިބެން އުޅޭ ދަރީގެ ފޮޓޯ ނެގުން މަނާ ކުރި އިރު އޭނާގެ ފުރަތަމަ ދަރި ތައިމުރް އަލީ ހާންގެ ފޮޓޯތައް ވަރަށް ކުޑައިރުން ފެށިގެން ސޯޝަލް މީޑިއާއިން ނުފެންނަ ފަހަރު ވަރަށް މަދު ވާނެ އެވެ.
ގިނަ މީހުން ދެކޭ ގޮތުގައި ވިރާޓް އަކީ ބޮލީވުޑް ތަރިންނަށް ވުރެ މާ ބޮޑު ތަރިއެކެވެ. އެހެންކަމުން ވިރާޓް ކަމެއް ކޮށްފި ނަމަ ބޮލީވުޑް ތަރިންނަށް އެކަން އޮންނަނީ މިސާލަކަށް ވެފައެވެ.
ތައިމުރްގެ ފޮޓޯތައް ސޯޝަލް މީޑިއާ އިން ފެނުމަކީ އާންމު ކަމެކެވެ. ތައިމުރްގެ ފޮޓޯތަކަށް ގިނަ ބަޔެއްގެ ލޯބި ލިބި މިހާރު ތައިމުރް އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ސްޓާ ކިޑް އެވެ.
އަންނަ މާޗު މަހު ކަރީނާ ވިހަން ތައްޔާރު ވާއިރު އެ ދެމަފިރިން ވަނީ ވިހަންވާ އިރަށް އެމީހުން ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަދަލުކޮށްފަ އެވެ.