
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އާ ލޯގޯ އިފްތިތާހުކޮށްދެއްވީ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ޒަމާނަށް އައި ބަދަލުތަކާއެކު، ކުންފުނީގެ ހިދުމަތްތައް ފުޅާވެ، އިތުރު ދާއިރާތަކުގައި އެމްޑަބްލިއުއެސްސީން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން، އާ ލޯގޯގައި ވަނީ ކުރީގެ ލޯގޯގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފަ އެވެ.
އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހުކުރުން
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، މިއަދު އެ ކުންފުންޏަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުއިފެކްޗަރިން އަދި ޓްރޭޑިން ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.