ads
ކޮވިޑް ވެކްސިންގެ ފޮޓޯއެއް--
އިންޑިއާއިން ހަދިޔާކުރަނީ އޮކްސްފޯޑް ވެކްސިންގެ 100،000 ޑޯޒް
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރަނީ އެއްލައްކަ ޑޯޒްގެ އެސްޓްރަޒެނިކާ ވެކްސިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާ އިންޑިއާގެ ފްލައިޓެއްގައި މިއަދު ރާއްޖެއަށް ގެންނަން ހަމަޖެހިފައި ވަނީ އޮކްސްފޯޑްގެ އެސްޓްރަޒެނިކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ކަމަށެެވެ. މިއީ އެގައުމުން ރާއްޖެއަށްދޭ ހަދިޔާއެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮވިޑް ވެކްސިން ދިނުމަކީ މި ބަލިމަޑުކަން ނައްތާލުމުގެ ފެށުމެވެ.

އިންޑިއާ އިން ވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި މާލެއަށް ކުރިމަތިވި ފެން ކާރިސާގައި ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެހެންކަމުން ރައީސް ނަޝީދު އިންޑިއާ ސިފަކުރައްވާފައި ވަނީ އެންމެ ފުރަތަމަ އެހީތެރިވާ އަދި ބަރޯސާވެވޭ އެކުވެރިޔާގެ ގޮތުގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް ރަޖިސްޓްރީވުމަށް ހުޅުވާލާފަ އެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ފެތޭ ވެކްސިންތަކެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.  

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާއިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮވިޑްއަށް ވެކްސިނެއް ހޯދައި، ބައެއް ބޮޑެތި ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ދޭން ވެސް ފަށާފަ އެވެ. އަދި މި މަހު 15 ގައި އަވައްޓެރި އިންޑިއާގައި ވެކްސިން ދޭން ވަނީ ފަށާފަ އެވެ. އެ ޕްރޮގްރާމަކީ ވެކްސިން ދިނުމަށް ދުނިޔޭގައި ވެސް ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮގްރާމެވެ. 

މިއަދު މެންދުރު ދޭއް ޖަހާއިރު އެއާ އިންޑިއާގެ ފްލައިޓެއްގައި ވެކްސިން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާއިރު އެގައުމުން ރާއްޖެ ހިމެނޭ ގޮތަށް އަވަށްޓެރި އެހެން ގައުމުތަކަށް ވެސް ވެކްސިންދޭން ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް