ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
ހިލޭ ވެކްސިން ދިނުމުން، ހިންދީ ބަހުން ޝާހިދުގެ ޝުކުރު އިންޑިއާއަށް
ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރުމާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމުގެ ރައްޔިތުންނަށް ހިންދީ ބަހުން ޝުކުރު އަދާކުރައްވައިފި އެވެ.

އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓެއްގައި މިއަދު މެންދުރު 14:00 ގައި އެ ވެކްސިން ރާއްޖެއަށް ގެނެސްފައިވާއިރު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ އެއް ލައްކަ ޑޯޒެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ހަދިޔާކުރި ހިލޭ އެހީއެކެވެ. 

އެ ވެކްސިން ރާއްޖެއަށް ހަދިޔާކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ހިންދީ ބަހުން ދެއްކެވި ވާހަކާގައި ވަނީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް އެއް ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށްދިންކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. 

އެގޮތުން މި ދަތި އުނދަގޫކަން އިންޑިއާއިން ވެސް ތަހައްމަލުކުރަމުންދާ މިދަނޑިވަޅުގައި ކުރިއެކޭ ވެސް އެއްގޮތަށް އިންޑިއާއިން ރާއްޖެއަށްޓަކައި ތެދުވެފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ކޮވިޑްގެ ކަންކަން ފެށިގެން އައިއިރު ޗައިނާގެ ވޫހާން ސިޓީގައި ތާށީވެފައި ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް ގެންނަން ބޭނުންވި ވަގުތު އިންޑިއާއިން އެކަންކޮށްދީފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ އަބަދުވެސް ދަތި އުނދަގޫކަމެއް ރާއްޖެއަށް ކުރިމަތިވާ ހިނދު އިންޑިއާއިން ރާއްޖެއާއެކު އޮންނަ ކަމަށެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭސް ބޭނުންވި ހިނދު ވެސް އެގައުމުން ރާއްޖެއަށް އެހީތެރިވިކަން ފާހަގަކުރެއްވި އެވެެ. 

އޭގެ އިތުރުން ކޮންމެ ވަގުތެއްގައި ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީގެ އަތް ދިއްކޮށްލާ ގައުމުކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން، އަބަދުވެސް ރާއްޖެއާއެކު އޮތް ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް