ads
ތާހިރާ އަދި އަޔުޝްމާން--
އަޔުޝްމަން އަންހެނުންގެ އުފަން ދުވަހު ފޮނުވި މެސެޖު
ބޮލީވުޑްގެ މަޝްހޫރު ތަރި އަޔުޝްމަން ކުރަނާ އޭނާގެ އަންހެނުން ތާހިރާ ޝަރްމާ އަށް ފޮނުވި މެސެޖަށް ގިނަ ބައެއްގެ ތައުރީފް އޮހިއްޖެ އެވެ.

އަޔުޝްމާން އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ތާހިރާގެ ފޮޓޯ އަކާ އެކު ފޮނުވި އުފަން ދުވަހުގެ މެސެޖްގައި އޭނާ ވަނީ އެ ދެމީހުން ދިމާވި ގޮތުގެ ވާހަކަ ކިޔައިދީފަ އެވެ. 

އަޔުޝްމާންގެ މެސެޖްގައި ބުނީ ތާހިރާގެ އުފަން ދުވަސް ފާހަގަކުރަން ދާން 2001 ވަނަ އަހަރު ތެރޭގައި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ބައްޕަގެ ކާރު ހޯދި ކަމަށެވެ. އަދި ޕާޓީ އަށް ދިޔުމުން އެތަނުގަ ތިބި އެންމެންގެ ތެރެއިން ތާހިރާ އޭނާގެ ކާރަށް އެރި ދުވަހަކީ ވަރަށް އުފާވި ދުވަހެއް ކަމަށް ބުންޏެވެ. އަދި ތާހިރާގެ ދިރިއުޅުމުގެ ބައިވެރިއަކަށް އޭނާ ހެދީތީ ޝުކުރު އަދާކޮށްފައި ވެ އެވެ. 

އަޔުޝްމާން ބުނީ އޭނަގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ތާހިރާ ކަމަށެވެ. 

އަޔުޝްމަން ދެން ފެނިގެން ދާނީ އަބީޝޭކް ކަޕޫރްގެ "ޗަންދީގަރް ކަރޭ އާޝިގީ" އިން ވާނީ ކަޕޫރު އާ އެކު އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ ޖަންގްލީ ޕިކްޗާސްގެ "ޑޮކްޓާ ޖީ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް