ރޭގެ މެޗުގައި މެޗުގެ ވަރަށް ކުރީކޮޅު ފުލަމުން ކުރި ހޯދިއެވެ. ފުލަމްއަށް ކުރި ލިބުނީ މެޗުގެ ފަސްވަނަ މިނިޓްގައި އަޑެމޯލާ ލުކްމަން ޖެހި ލަނޑުންނެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ތަޖުރިބާކާރު ފޯވާޑް އެޑިސަން ކަވާނީއެވެ. އަދި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުވެ ޓޭބަލްގެ އެއްވަނައަށް އެރި ލަނޑު ޖެހީ ޕޮގްބާއެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑުން ޓޭބަލްގެ އެއްވަނައިގަ އޮތީ 40 ޕޮއިންޓާ އެކުއެވެ. އެއީ 19 މެޗުންނެވެ. ދެވަނައިގަ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން 38 ޕޮއިންޓާ އެކުއެވެ.