ads
ސިވިލް ކޯޓު --
ދީބާޖާއަށް ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ދައުލަތަށް އަންގައިފިއެވެ.
Advertisement
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ތިން ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ދައުލަތަށް އަންގައިފިއެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެކަން ތަންފީޒު ކުރުމުގެ މައްސަލަ މިދިޔަ މެއި މަހުގެ ތެރޭގައި ސިވިލް ކޯޓުގައި ފެށިއެވެ. އެގޮތުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ. 

އެގޮތުން ސިވިލް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދޭންޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިންބައިކުޅަ އެއްބައި ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ދެއްކުމަށް ދައުލަތަށް އަންގާފައެވެ. އެ ފައިސާގެ ތިންބައިކުޅަ އެއްބަޔަކީ 116 މިލިއަން ރުފިޔާއެވެ. 

ދީބާޖާގެ މައްސަލާގައި މީގެކުރިން އޮތީ މިއަދުގެ އަޑުއެހުމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހާޒިރު ކުރާ ގޮތަށެވެ. އެހެންނަމަވެސް އެކަމަނާ ކޯޓަށް ވަޑައިގެންނެވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. 

ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައިވާ އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުން މިހެން ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް