ads
ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ސިއްހީ އެހީތެރިން ކުރި "ޖިހާދުގެ" ހަދިޔާ: ކޮވިޑް ވެކްސިން!
ދިވެހި ރާއްޖޭގައި ވެސް އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ސިއްހީ ދާއިރާގެ ބޭފުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.
Advertisement

މިއީ ބައެއް މީހުންގެ ފާޑުކިއުން އަމާޒުވާ ކަމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ކަމަށް ފާޑުކީ ނަމަވެސް، ނުރުހުނު ނަމަވެސް، އެންމެ ދަތި ހާލަތުގައި ވެސް ވެކްސިނަކާ ނުލައި ފްރޮންޓްލައިންގައި މަސައްކަތްކުރި މީހުން އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތް ކުރި ހިތްވަރު ގަދަ މަސައްކަތްތެރިންގެ ޖިހާދު މިއަދު ހަނދާން ނައްތާލެވޭކަށް ނެތެވެ. 

ރާއްޖެގައި މިހެން ނިންމާފައިވާ ނިންމުމަކީ ދުނިޔޭ ބޮޑެތި އެހެން ގައުމުތަކުން ވެސް އަމަލު ކުރަމުންދާ ގޮތެކެވެ. އެއީ ރަނގަޅު ސަބަބެއް ވެސް އޭގެ ފަހަތުގައި އޮތީމަ އެވެ.

ސިއްހީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކަކީ ކޮވިޑް 19 ގެ ވައިރަހާއި އެންމެ ގާތުން މަސައްކަތް ކުރާ ބޭފުޅުންނެވެ. ކޮވިޑް ޖެހިފައިވާ ބަލި މީހުން އެންމެ ގާތުން ބަލާ ފަރާތްތަކެވެ. އެހެން ކަމުން ސިއްހީ ދާއިރާގެ ބޭފުޅުންނަށް އެންމެ ފުރަތަަމަ ވެކްސިން ދެވިގެން ދިއުމަކީ ބޭ އިންސާފަކަށް ނުވާނެ އެވެ.

މިހާރު ވެކްސިނަށް ރަޖިސްޓްރޭޝަން ހުޅުވާލައިފައިވާ އިރު އެ ފުރުސަތު އޮތީ ސިއްހީ ދާއިރާގެ ބޭފުޅުންނާ ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންގެންދާ ބޭފުޅުންނަށެވެ.

އަދި ވެކްސިން ދިނުމުގައި ސިއްހީ އެހީތެރިންނަށް ދިވެހި ސަރުކާރުން ވެސް އިސްކަން ދޭނެ ކަން ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. އެކަން ވާނީ ނުހަނު ރަނގަޅު ނިންމުމަކަށެވެ. 

އެއީ އާއްމުންގެ މީހަކު ބަލިވެއްޖެ ނަމަ އަޅާލަން ހުރި މީހުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުން އެއީ މުހިންމު ކަމަކަށް ވާތީ އެވެ. އެހެން ނޫނީ ބަލީގެ ފަރުވާދޭ މީހުން ބަލިވެއްޖެ ނަމަ ދެން މުޖްތަމައުގައި ފެތުރޭނީ ބޮޑު ބަލިމަޑުކަމެކެވެ. އެވެސް ހަލުވި ބާރުމިނެއްގަ އެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ނިންމާފައިވާ އިރު ރާއްޖެއިން ގަންނަ ވެކްސިނަކީ މި ވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ކޮވިޑްއަށް ވެކްސިނެއް ހޯދައި، ބައެއް ބޮޑެތި ގައުމުތަކުގައި މިހާރު ވަނީ ވެކްސިން ދޭން ވެސް ފަށާފަ އެވެ. އަދި މި މަހު 15 ގައި އަވައްޓެރި އިންޑިއާގައި ވެކްސިން ދޭން ވަނީ ފަށާފަ އެވެ. އެ ޕްރޮގްރާމަކީ ވެކްސިން ދިނުމަށް ދުނިޔޭގައި ވެސް ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮގްރާމެވެ. 

އިންޑިއާއިން ވަނީ ރާއްޖެއަށް ހިލޭ އެހީގެ ދަށުން އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް