ads
ހައިކޯޓް--
ސަލާމަތީ ބޭނުމަށް ހައިކޯޓު ސަރަހައްދު ބަންދު ކޮށްފި
ސަލާމަތީ ބޭނުމަށް ހައިކޯޓު ސަރަހައްދު ބަންދުކޮށްފިއެވެ.

އެގޮތުން ގްރީން ޒޯން އަދި ހައި ކޯޓު ހިމެނޭ ސަރަހައްދު ސަލާމަތީ ސަބަބުތަކަށްޓަކާ ބަންދުކޮށްފައިވަނީ މިއަދިު 13:00 އިން ކަމަށް ޓްރެފިކް ޕޮލިހުން ބުނެއެވެ.

އަދި މި ސަރަހައްދު ބަންދު ކުރުމާއެކު މި ސަރަހައްދުން އާންމު ދަތުރުފަތުރުތައް ކުރުން ބަންދު ކުރާނެ ކަމަށް ޓްރެފިކް ޕޮލިހުން ބުނެއެވެ. ނަމަވެސް އެ ސަރަހައްދު އަލުން ހުޅުވާނެ އިރެއް ޓްރެފިކް ޕޮލިހުން އާންމެއް ނުކުރެއެވެ.

ބެލެވޭ ގޮތުގައި މި ސަރަހައްދު ބަންދުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް ކުރުން މިއަދު ހައިކޯޓުގައި ކުރިއަށް ގެންދާތީއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްގެންދާ ކޮންމެ ދުވަހަކު ކޯޓު ސަރަހައްދުގައި އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން އިހުތިޖާޖު ކުރެއެވެ. 

ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ކޯޓުގައި ތާވަލު ކޮށްފައިވަނީ މިއަދު 14:15 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް