ads
ލަންކާގެ އެއާޕޯޓް--
ފަތުރުވެރިންނަށް ލަންކާ ހުޅުވާލައިފި
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލައިފި އެވެ.

ގާތްގަނޑަކަށް ދިހަ ވަރަކަށް މަސް ދުވަހަށް ބަންދުކުރުމަށް ފަހު މިއަދު ހެނދުނު ލަންކާ ހުޅުވާލުމާއެކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖެއްސިއިރު އެއީ އޮމާން އެއާގެ ބޯޓެކެވެ. 

ލަންކާގެ ވައިގެ ބަނދަރު ހުޅުވާލާފައިވާކަން ހާމަކޮށް އެގައުމުގެ އޭވިއޭޝަން ސާވިސަސް އިން ބުނެފައި ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި މައްތަލާ އެއާޕޯޓަށް ދަތުރުކުރެވޭނެ ކަމަށެވެ. 

ލަންކާ މިއަދު ދުނިޔެއަށް ހުޅުވާލާފައި މިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކުގަ އެވެ. އެގޮތުން އެއާޕޯޓްގައި ވެސް ތާމަލް ކެމެރާ ހަރުކުރެވިފައިވެ އެވެ. 

ވަކި މުއްދަތެއް ނެތް ގޮތަށް އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 14 ދުވަހަށް ކަރަންޓީނުވާކަށް ވެސް ނުޖެހެ އެވެ.

އެހެންނަމަވެސް ލަންކާއަށް އެތެރެވާއިރު ވިސާ އޮންނަން ޖެހެ އެވެ. ވިސާ ފޯމު ފުރަންޖެހެނީ އިމިގްރޭޝަންގެ "އިލެކްޓްރޯނިކް ޓްރެވެލް އޮތޮރައިޒޭޝަން" ޕޯޓަލް މެދުވެރިކޮށެވެ. އަދި ދަތުރު ފެށުމުގެ ކުރިން ހޮޓެލް ބުކިން ހަދަން ޖެހޭއިރު ކުރިއަލާ ޕީސީއާރު ޓެސްޓް ވެސް ހަދަން ޖެހެ އެވެ. 

އޭގެ އިތުރުން، ވިސާއަށް އެދި ހުށަހަޅާއިރު ކޮވިޑް އިންޝުއަރެންސް ވެސް ދައްކަން ޖެހެ އެވެ. އެގޮތުން ކޮވިޑް އިންޝޫއަރެންސްގެ ގޮތުގައި މަހަކު 12 ޑޮލަރު ދައްކަން ޖެހެ އެވެ. 

ލަންކާ އިން ކޮވިޑް ކޮންޓްރޯލްކޮށްފައި އޮތުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު ހިސާބުގަައި އެގައުމުން ފެންނަ ކޭސްތައް އިތުރުވެގެންދިޔަ އެވެ. އެހެންނަމަވެސް ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ދަނޑިވަޅުގައި ބޯޑަރު ހުޅުވާލިއިރު އެގައުމުން 55,189 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން 47,215 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް