ads
ވެލާ ސަލާމަތް ކުރުން
އަންހެން ކުދިންތަކެއް ވެލައެއް ސަލާމަތްކޮށްފި
ރ. ރަސްގެތީމުގައި އަންހެން ކުދިންތަކެއް ނުކުމެ ދަލެއްގައި ތާށިވެފައި އޮތް ވެލައެއް މިދިޔަ ހޯމަ ދުވަހު ސަލާމްތް ކޮށްފިއެވެ.
Advertisement

ރަސްގެ ތީމުން ވެލާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އެއްކުއްޖެއްކަމަށްވާ މަރިޔަމް ޝުހުދާ ބުނީ ވެލާ ސަލާމަތް ކުރީ މެންދުރު ފަހު ތިނެއްޖަހާކައްހާއިރު "ބީޗަށް ފިނިކޮށްލަން" ނުކުމެ އުޅެނިކޮށް  ދާގަނޑެއްގައި ވެލައެއް އޮޅި ތާށިވެފައި އޮވެ އޮޔާ ދާތީ ކަމަށެވެ. 

ވެލާ ސަމާލްތް ކުރީ މޫދަށް އެރި ދާގަނޑު ރާޅުކޮޅަށް ގެނެސްގެން ކަމަށްވެސް އޭނާ ބުންޏެވެ.

"ފުރަތަމަ ފެނުނީ މޫދުން ދާގަނޑެއް ދާތީ. ދެން ތަންކޮޅެއް ކައިރިއަށް ދިޔާމަ އެނގުނީ ވެލާ ތާށިވެފަ އޮތްކަން، ދެން މޫދަށް އެރިގެން ރާޅުކޮޅަށް ގެނެސް ވެލާ ސަލާމަތް ކުރީ" ޝުހުދާ ބުންޏެވެ.

ޝުހުދާ ބުނީ ވެލާ އޮޔާ ދާތީ ސަލާމަތް ކުރަން ދިޔައިރު އެ ދުވަހަކީ އޮއި ވެސް ގަދަ ދުވަހެއް ކަމަށެވެ. 

ވެލާ ސަލާމަތް ކުރި ނަމަވެސް ވެލާގެ އެއް އަތް އަތަށް އަނިޔާތަކެއް ވަނީ ލިބިފައެވެ. 

އެ ކުދިން ވަނީ ވެލާ ސަލާމަތްކުރުމަށްފަހު މޫދަށް ދޫކޮށްލާފައެވެ.

ކަނޑުތަކަށް ކުނި އަޅާ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް އައިސްފައެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރާއްޖޭގައި އުޅޭ ކަނޑުގެ ދިރުންތަކަށް ރައްކާތެރިކުމުގައި އަވަސް ފިޔަޅުތަކަށް އަޅައި ކަނޑަށް ކުނިއެޅުން ހުއްޓުވަން ޖެހޭކަމަށެވެ. އަދި ކަނޑަށް ކުނި އަޅަނީ ގިނައިން ރިސޯޓުތަކުންކަމަށް ވެސް ތުހުމަތަކެއް ކުރެވިފައެވެ.

ރާއްޖޭގައި ތަރައްގީގެ ނަމުގައި މޫދާއި ކަނޑުގައި ދިރިއުޅޭ ދިރުންތައް އެކި ބޭނުންތަކުގައި ބޭނުންކުރަން އޮންނަ ޖާގައިގައި ކޮންކުރީޓުން ތަފާތު ބިނާތައް އެޅުމުން އޭގެ ގެއްލުން ދަނީ ނުހަނުބޮޑަށް ފޯރަމުންނެވެ. 

މާފަރު އެއާޕޯޓަށް ވެސް ވަނީ 2019 ވަނަ އަހަރު ވެލައެއް އަރައި ބިސް އެޅުމަށް މަސައްކަތް ކޮށްފައެވެ. އެ ވެލާ ސަލާމަތް ކޮށްގެން ދޫކޮށްލި ނަމަވެސް އެ ވެލާ ވަނީ އަލުން އެރަށަށް އަރައި ބިސް އަޅަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި މަރުވެފައެވެ. 

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް