ads
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އަލިފާން ރޯވެފައި
އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އަލިފާން ރޯވެއްޖެ
ކޮވިޑް-19 ގެ ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސްގައި ބުނެފައިވަނީ ޕޫނޭގައި ހުންނަ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. 

އަދި ސިރަމް އިންސްޓިޓިއުޓުގެ ފަސްވަނަ ފަންގިފިލައާ ހަމައަށް މިހާރު އަލިފާންގަނޑު ފެތުރިފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މިހާރު 10 ފަޔާފައިޓަރުން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އިންޑިއާ ޓައިމްސްގައިވެ އެވެ.

ރާއްޖެއަށް އިންޑިއާއިން ހިލޭ އެހީގެ ދަށުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާގެ ދިރާސާގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދަމުން އަންނަ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފައެވެ.

އިއްޔެ އެ ވެކްސިން ރާއްޖެއަށް ލިބުނުއިރު އެ އިންސްޓިޓިއުޓް އިން އަންނަނީ ކޮވިޝީލްޑްގެ ނަމުގައި ވެކްސިން އުފައްދަމުންނެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް