ޝާހުގެ ދަރިފުޅު އާރިޔަން ކެމެރާއަކަށް ނުބަލާ!
14 ނޮވެންބަރ 2019 - 08:42:22
ބައްޕައެކޭ އެއްގޮތަށް އެކްޓު ކުރުމުގެ ޝައުގުވެރިކަން އެއް ވަރަކަށް ވެސް އާރިޔަން ހާނުގެ ނެތެވެ. އެކަމަކު އޭނާގެ ހިތް އޮތީ ފިލްމީ ދާއިރާއާ މާދުރަކު ނޫނެވެ. ފިލްމުގެ އުފެއްދުމުގެ ތެރެއަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން އެކަމުން އިތުރަށް ތައުލީމު ހޯދުމުގެ މަސައްކަތް ވެސް އާރިޔަން ދަނީ ކުރަމުންނެވެ. މިހާތަނަށް އުމުރުން 22 އަހަރުގެ އާރިޔަން ފިލްމީ ދާއިރާއަށް ތައާރަފުވެފައި ނުވި ނަމަވެސް އޭނާއަކީ ސޯޝަލް މީޑިއާގެ ތަރި އެކެވެ.
ބައްޕައެކޭ އެއްގޮތަށް އެކްޓު ކުރުމުގެ ޝައުގުވެރިކަން އެއް ވަރަކަށް ވެސް އާރިޔަން ހާނުގެ ނެތެވެ. އެކަމަކު އޭނާގެ ހިތް އޮތީ ފިލްމީ ދާއިރާއާ މާދުރަކު ނޫނެވެ. ފިލްމުގެ އުފެއްދުމުގެ ތެރެއަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން އެކަމުން އިތުރަށް ތައުލީމު ހޯދުމުގެ މަސައްކަތް ވެސް އާރިޔަން ދަނީ ކުރަމުންނެވެ. މިހާތަނަށް އުމުރުން 22 އަހަރުގެ އާރިޔަން ފިލްމީ ދާއިރާއަށް ތައާރަފުވެފައި ނުވި ނަމަވެސް އޭނާއަކީ ސޯޝަލް މީޑިއާގައި ތަރި އެކެވެ.
އާރިޔަންއަށް އިއްޔެ 22 އަހަރު ފުރުނުއިރު އޭނާއަކީ ޒުވާން އަންހެން ކުދިންގެ މެދުގައި މަގުބޫލު ފަރާތެކެވެ. އުފަން ދުވަހު އެންމެ ބޮޑަށް މީހުން ދެއްކި ވާހަކަތަކަކީ ސޯޝަލް މީޑިއާއަށް އާރިޔަން ދޫކޮށްލާފައިވާ ގިނަ ފޮޓޯތަކުގައި އޭނާ ސީދާ ކެމެރާއަށް ބަލަހައްޓައިގެން ނުހުންނަ ވާހަކަ އެވެ. އެގޮތަށް ކީއްވެތޯ ހުންނަނީ ސުވާލުކުރިޔަސް އެ ސުވާލަކަށް ޖަވާބެއް ނުދެ އެވެ.
ކޮންމެވެސް އެހެން ދިމާލަކަށް ބަލަހައްޓައިގެން ހުރެ ނަގާފައިވާ ފޮޓޯތައް ހިއްސާކުރި ނަމަވެސް އޭނާގެ އެ ޕޯސް އެންމެނަށް ވެސް ވަރަށް ކަމުދެކެވެ.
ކޮންމެއަކަސް އުއްމީދަކީ ކޮންމެވެސް ދުވަހަކުން އާރިޔަން ސަޕޯޓަރުންގެ ހިތުގައި އުފެދިފައިވާ އެ ސުވާލުތަކުގެ ޖަވާބު ސާފުކޮށްދިނުނެވެ. ބެލެވޭ ގޮތުގައި ބޮލީވުޑަށް ތައާރަފުވުމަށް ފަހު އެކަންކަން އޭނާ ހާމަކުރާނެ އެވެ.
މިއަހަރުގެ ތެރޭގައި އާރިޔަން ވަނީ ދަ ލަޔަން ކިންގުގެ ހިންދީ ރިމޭކަށް ބައްޕައާއެކު އަޑު އަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް