ads
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް -- ފޮޓޯ / ރާއްޖެއެމްވީ
ފަނޑިޔާރު ޝަހީދުގެ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ: ހައިލަމް
ޖޭއެސްސީގައި ޕާކު ކޮށްފައި އޮތް ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ހައިކޯޓުގެ އަޑުއެހުމުގައި ފަނޑިޔާރު  ޝަހީދުގެ ރައުޔު ފެނިގެންދިޔައީ އަނެއް ދެ ފަނޑިޔާރުންގެ ރައުޔުއާއި ބޮޑުތަނުން ތަފާތު ރައުޔުއެއްގެ ގޮތުގައެވެ. 

ރައީސް ޔާމީންގެ މަށްޗައް ހުކުމް އިއްވި ޝަރީއަތައް ފަހު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ވަނީ ޝަރީއަތުގައި އެންމެ ރަނގަޅު ރައުޔެއް ފާހަގަކޮށްފައިވަނީ ޝަހީދު ކަމަށް ވިދާޅުވެ ޝަހީދުއަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އިދިކޮޅުން ފާހަގަކުރައްވާ އެންމެ މޮޅު ރައުޔެއްގެ ގޮތުގައި ފާހަގަކުރަނީ ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައެޅި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބް އަބްދުލްގަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ޖާގައެއް ނެތްކަމަށް ވިދާޅުވި ވިދާޅުވުމެވެ. 

ޝަރީއަތުގައި، އިސްފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒު ވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރިހުކުމް ދަމަހައްޓަން ތާއީދު ކުރާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތުގައި ފަނޑިޔާރު ޝަހީދު ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފައިވާއިރު ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވީ، ރައީސް ޔާމީން އަމިއްލަފުޅަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް އެކަމުގައި ނެތްކަން އެނގޭކަމަށެވެ. 

އަދި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކޮށްފައިވަނީ ސައްހަ ވިޔަފާރީގެ މުއާމަލާތެއްކަމަށާއި، އެއީ ސައްހަ ނޫން ވިިޔަފާރިއެއްކަން ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ޝަހީދުގެ ރައުޔުގައި ފާހަގަކޮށްފައިވެެއެވެ.

އެކަމާއި ގުޅިގެން ފަނޑިޔާރު ޝަހީދަށް އިދިކޮޅުން ތައުރީފް އޮށްސަވަމުން ދާ ދަނޑިވަޅެއްގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، ދެއަހަރު ވަންދެން ޖޭއެސްސީގައި ޕާކްކޮށްފައި އޮތް ފަނޑިޔާރު ޝަހީދުގެ ސުލޫކީ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާ މަގާމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް