ads
ކިނބިދޫ މާލޫދު ހަރުގެ އަމިއްލަ ތަކެތީގައި މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
ކިނބިދޫ މާލޫދު ހަރުގެ މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފި!
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތަށް ތ. ކިނބިދޫ މާލޫދު ހަރުގެ އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ޢަލީ ގީތު ޕްރައިވެޓް ލިމިޓެޑްއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އަލީ ގީތު ޕްރައިވެޓް ލިމިޓެޑާއި އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައެވެ.

ފަންސާސް ފަސް ދުވަހުގެ މުއްދަތަކަށް ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ކިނބިދޫ މާލޫދު ހަރުގެ މަރާމާތުކޮށް އެ މަސައްކަތް މިއަހަރުގެ އެޕްރީލް އަށެއްގެ ކުރިން ނިންމަންޖެހެއެވެ. މުޅި މަސައްކަތުގެ އަގަކީ 496،981.00 (ހަތަރުލައްކަ ނުވަދިހަ ހަހާސް ނުވަސަތޭކަ އަށްޑިހަ އެއް ރުފިޔާ)އެވެ. 

އެއްބަސްވުމުގެ ދަށުން މާލޫދޫ ހަރުގެ ފުރާޅުގެ ޓިނުނައްޓައި ރޫޅުމާއި ފައިދޮށާއި ފަތިނެއްޓުން އަދި އާ ޓިނު ޖެހުމާއި ފައިދޮށާއި ފަތި އެޅުން ހިމެނެއެވެ. އަދި މާލޫދު ހަރުގޭގެ ފާރުތައް މަރާމާތު ކުރުމާއި، ތަޅުން އެޅުމާއި، މާލޫދު ހަރުގެއަށް ވަންނަ ދޮރުތަކާ ދިމާއަށް ހަރުފަތްބަރިތަކެއް ހެދުންވެސް ހިމަނާފައިވެއެވެ. އޭގެ އިތުރުން ދޮރާއި ދޮރުފަތްތައް ބަދަލުކުރުމާއި، ސީލިން ކުރުމާއި ކަރަންޓް ވައިރުކޮށް ދިއްލުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް