ads
ފިލްމް ޕަތަންގެ ޕޯސްޓަރު-
ޕަތަންގެ ސެޓްގައި ބޮޑު މާރަމާރީއެއް
ޝާހްރުކް ހާން އަދި ދީޕިކާ ޕަޑޫކޮން ފެނިގެންދާ ޑައިރެކްޓަރު ސިދާތް އަނަންދްގެ ފިލްމް ޕަތަންގެ ސެޓް ގައި ބޮޑު މާރަމާރީއެއް ހިންގައިފިއެވެ.

ސިދާތް އާނަންދް އަކީ ފިލްމް ސެޓް ގައި ވަރަށް ރުޅި ގަދަކޮށް އުޅޭ މީހެކެވެ. އެގޮތުން މިފަހަރު ސިދާތް މިވަނީ ފިލްމް “ޕަތަން”ގެ ސެޓްގައި އެ ފިލްމްގެ އެސިސްޓެންޓް ޑައިރެކްޓަރަކާ މެދު ހިންގި ދެބަސްވުމެއްގެ ތެރެއިން އެސިސްޓެންޓް ޑައިރެކްޓަރު މޫނުމަތީ ޖަހައި މާރަމާރީ ހިންގާފަ އެވެ.

your imageޑައިރެކްޓްރު ސިދާތް އާނަންދް-

ސިދާތް ފިލްމް ސެޓްގައި ރުޅި ގަދަވެފައިވަނީ ޝޫޓިން ކުރިއަށް ދާ  ގަޑީގަ އެއްވެސް މީހަކު ފޯނު ބޭނުން ނުކުރަން އަންގައިފަވަނިކޮށް އެ އެެސިސްޓަންޓް ޑައިރެކްޓަރު ފޯނު ބޭނުން ކުރުމުންނެވެ. 

ފޯން ބޭނުންކުރާތަން ފެނުމުން ސިދާތް ވަނީ އަނެއްކާވެސް އޭނާއަށް ފޯނު ބޭނުން ނުކުރަން އަންގައިފަ އެވެ. ނަމަވެސް އޭނާ ފޯނު ނުބޭއްވުމުން ކަންތައް ހޫނުވެ ބޮޑު ޒުވާބަކަށް ގޮސް، އެންމެ ފަހުން ބޮޑު ކުރިމަތިލުމަކަށް ދިޔައެވެ.

މަންޒަރުދުއް މީހުން ބުނާގޮތުގައި ސިދާތް އެސިސްޓެންޓް ޑައިރެކްޓަރުގައިގަ ޖެހީ އޭނާ ސިދާތް އާ ހަޑިހުތުރު ބަހުން މުހާތަބުކޮށް ގައިގަ އަތް ލުމުންނެވެ. 

ވައިއާރުއެފް އިން ވަނީ އެ އެސިސްޓެންޓް ޑައިރެކްޓަރު ވަޒީފާ އިން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް