ads
ފުއާދް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފި
ފުއާދް ތައުފީޤް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނު ކޮށްފިއެވެ.
Advertisement
ފުއާދް ތައުފީޤް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ފުއާދު އައްޔަނު ކުރަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް ފުއާދު އައްޔަނުކޮށްފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާނެތީއެވެ. ފުއާދު ގެ އިތުރުން އީސީގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ގާނޫނީ ވަކީލާ ހއ. ކެލާ އަނބުގަސްދޮށުގޭ މަރިޔަމް ހަނީފާ ޚާލިދުގެ ނަންވެސް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވެ އެވެ. އެހެން ނަމަވެސް އެ ދެނަމަށް ވޯޓަށް އަހާފައިނުވަނީ ފުއާދުގެ ނަން ފާސް ވުމާއި ގުޅިގެންނެވެ.

ފުއާދު ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމާއި މެމްބަރުކަން ކުރައްވާފައެވެ. އެގޮތުން 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރުވެސް ފުއާދު ހުންނެވީ އީސީގެ ރައީސްގެ ގޮތުގައެވެ.

މީގެ އިތުރުން މިދިޔަ މަޖިލިސް އިންތިހާބުގައި ފުއާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް