ads
ލޮނު ޒިއާރަތް ޕަކުަގައި ކުރިއައް ގެންދާ ޔޯގާ ކްލާސްތަކުގެ ތެރެއިން--
ލޮނުޒިއާރަތް ޕާކުގައި ހިލޭ ޔޯގާ ކްލާސްތަކެއް ކުރިއަށް ގެންދަނީ
ލޮނުޒިއާރަތް ޕާކުގައި ހިލޭ ޔޯގާ ކްލާސްތަކެއް ކުރިއައް ގެންދާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ބުނެފައިވަނީ އެ ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު، ހޯމަ އަދި ބުދަ ދުވަހުގައި ކަމަށެވެ. އެއީ ހެނދުނު 6 ކުން 7 ކަށް ކަމަށްވެސް އެ ކައުންސިލްއިން މައުލޫމާތުދެއެވެ.

އެއްވެސް އުޖޫރައެއް އެ ޔޯގާ ކްލާސްތަކުގައި ބައިވެރިވާ ފަރާތްތަކުން ދައްކާކަށް ނުޖެހެއެވެ. އަދި އެ ހަރަކާތް ކުރިއައް ގެންދަނީ އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ކަމަށްވެސް މަލޭ ސިޓީ ކައުންސިލްއިން މައުލޫމާތުދެއެވެ.

your imageލޮނު ޒިއާރަތް ޕަކުަގައި ކުރިއައް ގެންދާ ޔޯގާ ކްލާސްތަކުގެ ތެރެއިން--

ލޮނުޒިޔާރަތް ޕާކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ހުޅުވާފައި ވާއިރު ވަރަށް ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ އެ ޕާކުގައި ޕޮންޑަކާއި ހިލް އެއްވެސް ހިމެނެ އެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެންޗުތައް ވެސް ބަހައްޓާފައިވެ އެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފަ އެވެ. 

އެގޮތުން އެތާގައި ޔޯގާއަށް ހާއްސަކޮށްފައިވާ ސަރަހައްދު ކަމަށްވާ ކަސްރަށްފެހީގައި މިހާރު ސިޓީ ކައުންސިލްއިން ވަނީ ހިލޭ ޔޯގާ ކްލާސްތަށް ނަގާދެން ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް