ads
ޒެއިން އަދި ޖީޖީ ދަރިފުޅުގެ ކްރިސްމަސް ހަދިޔާ ހިފައިގެން--
ޒޭން އާއި ޖީޖީގެ ދަރިފުޅަށް ކިޔާ ނަން އިނގޭތަ؟
މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އަދި މޮޑެލް ޖީޖީ ހަދީދް އަށް އަންހެން ކުއްޖަކު ލިބުނުކަން ދެމީހުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިއާއެކު މި ދެ ތަރިންގެ ގިނަ ފޭނުންތަކެއް ތިބީ ދަރިފުޅާއި ގުޅިގެން ކުޑަ ނަމަވެސް އިތުރު މައުލޫމާތަކަށް ކެތްމަދުވެފަ އެވެ.

ދޭތެރެ ދޭތެރެއިން ޖީޖީ ދަރިފުޅުގެ "ސްނީކްޕީކް" ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކުރި ނަމަވެސް، ދަރިފުޅުގެ މޫނު މިހާތަނަށް ދައްކާލާފައެއް ނުވެ އެވެ. އަދި ރަސްމީ ސިފައެއްގައި ދަރިފުޅަށް ކިޔާ ނަން ވެސް އާންމު ކޮށްފައެއް ނުވެ އެވެ.

ސެލެބްރިޓީންގެ ފޮޓޯ އަދި ސޯޝަލް މީޑިއާ އައިޑީތަކުގެ ކުދިކުދި ކަންކަމަށް ބަލައިގެން ކަންކަން ހޯދަމުން އަންނަ މީހުން މިވަނީ މި ފަހަރު ވެސް މިކަމުގައި ކުރިއެއް ހޯދާފަ އެވެ. އެގޮތުން ޒޭން ވަރަށް ފަހުން ހިއްސަ ކުރި ފޮޓޯއެއްގައި އޭނާގެ އަތުގައި ޖަހާފައި އިން އާ ޓެޓޫއެއް ބައެއް ފޭނުންނަށް ވަނީ ފާހަގަވެފަ އެވެ. 

އެގޮތުން ޒޭންގެ އަތުގެ ކުޑަހުޅުގައި އިން މި ޓެޓޫއަކީ އަރަބި ނަމެކެވެ. އެއީ "ޚައިި" އެވެ. މީގެ އިތުރުން ޖީޖީ ވެސް މި ވަނީ އޭނާގެ އިންސްޓަގްރާމް ބަޔޯ އަޕްޑޭޓްކޮށްފަ އެވެ. އެގޮތުން ޖީޖީގެ އިންސްޓަގްރާމް ބަޔޯގައި މިހާރު އޭނާއަކީ ޚައިގެ މަންމަ ކަމަށް ބުނެފައިވެ އެވެ.

your imageޖީޖީގެ އިންސްޓަގްރާމް ބަޔޯ އަދި ޒޭންގެ އާ ޓެޓޫ ---

މިއާއެކު "ޚައިި" އަކީ މި ދެތަރިންގެ ދަރިފުޅަށް ދީފައިވާ ނަންކަން މި ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން މި ދެތަރިންގެ ދަރިފުޅަށް ނަން ދީފައިވަނީ ޖީޖީގެ މާމަ ޙައިރިޔާ ހަދީދް އަށް ނިސްބަތްކޮށް ކަމަށް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް