އެ މިނިސްޓްރީގެ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ 1 އިން 18 އަށް އެމިރޭޓްސްގެ ފްލައިޓުތަކުގައި 11،504 ފަތުރުވެރިން ރާއްޖެ އައެވެ.
ފްލައިޓް މޫވްމަންޓަށް ބަލާނަމަ އެއީ 134 ދަތުރު ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެމިރޭޓްސްއިން ދަނީ ޑުބާއީ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ހަތް ދަތުރު ކުރަމުންނެވެ.
އެންމެ ގިނަ ފަތުރުވެރިން އެމިރޭޓްސް މެދުވެރިކޮށް ރާއްޖެ އައި އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ގަތަރު އެއާވޭޒް އިންނެވެ. ގަތަރުގެ ފްލައިޓުތަކުގައި 6951 ފަތުރުވެރިން އައެވެ.
އޭގެ އިތުރުން ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާގެ އެއިރޯފްލޮޓްގެ ފްލައިޓުތަކުގައި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެއީ 6362 ފަތުރުވެރިންނެވެ.