ads
އިތާފުށި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
އިތާފުށި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ
ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި މި މަހު ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ދީފި އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް ޖަމިއްޔާއިން ހާމަކުރި ގޮތުގައި އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 3370 ޑޮލަރު ނުވަތަ 51،502 ރުފިޔާ ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި ދީފަ އެވެ.

ރިސޯޓު މަސައްކަތްތެރިންނަށް ސާވިސް ޗާޖު ކުޑަކޮށްދޭ މައްސަލައަކީ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާއިރު، ބައެއް ރިސޯޓުތަކުން އަންނަނީ މި ކަމުގައި ނަމޫނާ ދައްކަމުންނެވެ.

އެގޮތުން މަގްބޫލު ހޮޓެލް ޗެއިން ހިލްޓަން ލަގްޒަރީ ބްރޭންޑް ވަލޑޯފް އެސްޓޯރިއާއިން ހިންގާ އިތާފުށި ރިސޯޓަކީ ވެސް އާއްމު ގޮތެއްގައި އެންމެ ބޮޑުކޮށް ސާވިސް ޖާޗް ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ރިސޯޓެކެވެ.

މި މަހު ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ދީފައި ވަނީ ކޮންމެ މުވައްޒަފަކަށް 3007 ޑޮލަރު ނުވަތަ 46،367 ރުފިޔާ އާއެކު ވަން އެންޑް އޮންލީ ރީތި ރަށެވެ. އަދި ތިންވަނައަށް އަނަންތަރަ ކިހާވަށް ރިސޯޓް ހިމެނުނީ 2097 ޑޮލަރު ނުވަތަ 32،341 ރުފިޔާ އާއެކު އެވެ. 

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ކޮންމެ ހިދުމަތަކަށް ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސަންޓަށް ވުރެ މަދު ނޫން މިންވަރެއް ނަގަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި މަހު ވަނީ އަމަލު ކުރަން ފަށާފަ އެވެ. 

ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ ބަހާލަން ޖެހެނީ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށެވެ. އަދި މި ފައިސާ ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން ދީ ނިންމަން ޖެހެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް