ads
ވަރުން ދާވަން--
ޕާޓީއަކަށް ދަނިކޮށް ވަރުން އެކްސިޑެންޓްވެއްޖެ
ވަރުން ދާވަން އާއި ނަތާޝާ ދަލާލްގެ ކައިވެނީގެ ހަފްލާ އޮތީ މާދަމާ އެވެ. އަލިބާގްގެ ފަސް ތަރީގެ ހޮޓަލެއްގައި ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާއިރު އޭނާ އާއި އޭނާގެ ގާތް މީހުން މިހާރު ތިބީ އެތަނުގަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ވަރުން ދަތުރުކުރި ކާރު އިއްޔެ ވަނީ އެކްސިޑެންޓްވެފަ އެވެ. އަލިބާގުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ވަރުންގެ ރައްޓެހިން އޭނާއަށްޓަކައި ބޭއްވި ޕާޓީއަކަށް ދިޔަ މަގުމަތީގައި ކަމަށް ވެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެނީގެ ހަފްލާ ވެސް އޮތް ސަރަހައްދާ މާދުރު ނޫން ހިސާބެއްގައި އެ އެކްސިޑެންޓް ހިނގާފައިވާއިރު ކާރަށް ވެސް މާބޮޑު ގެއްލުމެއް ނުލިބެ އެވެ. އަދި ވަރުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެ އެވެ.

ވަރުން އާއި ނަތާޝާ ކައިވެނިކުރާނީ 50 ގެސްޓުންގެ ހާޒިރުގަ އެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ބެލުމުގެ ގޮތުންނެވެ. އެހެންނަމަވެސް ކައިވެނީގެ ފަހުން ބާއްވަން ހަމަޖެހިފައިވާ ޕާޓީއަށް ބޮލީވުޑުގެ ނަން މަޝްހޫރު ބައެއް ތަރިންނަށް ވެސް ދައުވަތުދީފައިވެ އެވެ. އެމީހުންނަށް ފޮނުވި ދައުވަތުގައި ވެސް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ބޯލެނބުމަށް އެދިފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް