އެގޮތުން އޭނާގެ ފޭނަކު ދިން ހަދިޔާއެއް ވަނީ މޯނީއަށް ވަރަށް ކަމުގޮސްފަ އެވެ. އެގޮތުން މިފަހަރު އޭނާއަށް ވަނީ ހަދިޔާއެއްގެ ގޮތުގައި ކުޅޭ ކުޅޭ ބުދެއް ލިބިފަ އެވެ. އެ ބުދު މޯނީއާ ވަރަށް ވައްތަރު ކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ އިއްތިފާގުވެފަ އެވެ.
އެ ހަދިޔާ ލިބުމާއެކު މޯނީ ވަނީ އޭނާގެ ޝުއޫރުތައް އިންސްޓާގްރާމްގައި ހާމަކޮށްފަ އެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެ ބުދުން އޭނާ ކުޑަ އިރުގައި ކުޅެން އުޅޭ ހަނދާން އާވެގެން ދިޔަ ކަމަށެވެ. އަދި އެ ހަދިޔާއަކީ މިހާ ހިސާބަށް އޭނާއަށް މީހަކު ދިން އެންމެ ރަނގަޅު ހަދިޔާ ކަމަށާއި އޭތި އޭނާއާ ވަރަށް ވައްތަރު ކަމަށް މޯނީ ވަނީ ބުނިފަ އެވެ.
މޯނީ ވަނީ ހިންދީ ސީރީޒްގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ބެލުންތެރިނަށް ފެނިގެން ގޮސްފަ އެވެ. އެގޮތުން މޭޑް އިން ޗައިނާ އަދި ގޯލްޑް ފަދަ ފިލްމުތަކުން އޭނާއަށް ވަނީ ވަރަށް މަގްބޫލުކަން ލިބިފަ އެވެ. އަދި މޯނީ މިހާރު ދަނީ ބްރަމަސްތްރާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.