ads
އޮލިމްޕަސް-- ފޮޓޯ: އަވަސް
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި މަހު ސިނަމާތައް ހުޅުވާލަނީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މި މަހުގެ ތެރޭގައި ހުޅުވާލަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން މާޗު މަހުގެ 16 ވަނަ ދުވަހު، ރާއްޖޭގައި ހިންގަމުން އަންނަ ސިނަމާތައް ބަންދުކުރަން ނިންމި ނިންމުން ބާތިލު ކުރާ ކަމަށެވެ. 

އެޗްޕީއޭގެ މިއަދުގެ އިއުލާނުގައި ބުނީ ކޮވިޑު-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުވާލުން އެންމެ ރަނގަޅު ކަމަށް ނިންމާ ކަމަށެވެ. 

ސިނަމާތަކާއި ހޯލްތައް ހުޅުވާލަން ޖެހޭ ގޮތުގެ އުސޫލު އަދި އާންމެއް ނުކުރެ އެވެ. 

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު ސިނަމާތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި މިވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް