ހަބަރު /
ބަދުއަހުލާގީ މައްސަލާގައި ފިޒިއޮތެރަޕިސްޓް ވަޒީފާއިން އެކަހެރިކޮށްފި
13 ނޮވެންބަރ 2019 - 09:01:38
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު ބަލި މީހަކު ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުން ބަލަމުންދަނިކޮށް އެކަން ތުހުމަތުވާ ފިޒިއޮތެރަޕިސްޓް ވަޒީފާއިން އެކަހެރިކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕިސްޓަކު އެތަނަށް ދިޔަ ބަލި މީހަކާ އެކު ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށް އެކަމަށް ތުހުމަތު ކުރެވޭ ފިޒިއޮތެރަޕިސްޓް ވަޒީފާއިން އެކަހެރިކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ޕިޒިއޮތެރަޕީ ހަދަން ދިޔަ އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމަށް ފިޒިއޮތެރަޕިސްޓް މަސައްކަތްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ލިބިފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ތުހުމަތު ކުރާ، އުމުރުން 28 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިޒިއޮތެރަޕިސްޓް މިހާރު ވަނީ ވަޒީފާއިން އެކަރެހިކޮށްފަ އެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުން އަންނައިރު ބައެއް މީޑިއާތަކަށް އައިޖީއެމްއެޗުގެ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފެންމަތިވި ފަހުން ބަޔަކު ވަނީ އެ ހޮސްޕިޓަލަށް ވަދެ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ ފިޒިއޮތެރަޕިސްޓަށް ހަމަލާދީ، އޭނާ އެކަން ކުރިކަމަށް ގަދަކަމުން އެއްބަސްކުރުވަން މަސައްކަތްކޮށްފައި ކަމަށެވެ.
މި މަންޒަރުތައް ހޮސްޕިޓަލްގެ ސީސީޓީވީ ކެމެރާއަށް ވެސް އަރާފައިވާކަން ފާހަގަކުރައްވާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި އެ ފޫޓޭޖްތައް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް