ads
ވީޑިއޯ ރިޕޯޓް: -
އެންމެ ފަހުން ކޮވިޑްގެ ތިން ވަަނަ ރާޅު ވެެސް އަތުވެއްޖެ!
ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް ހިނދިފައި އޮތުމަށް ވެސް އަނެއްކާ ވެސް މިދަނީ މައްޗަށް އަރަމުންނެވެ. ތިން ވަނަ ރާޅު، ރާއްޖޭގެ ގޮނޑުދޮށްތަކަށް މި ބީއްސާލީ ދުނިޔޭގެ އެކި މަންޒިލްތަކުން ރާއްޖެއަށް އައިސް ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން މި އަންނަ ރިސޯޓުތަކުންނެވެ. ދުނިޔެ މަތީގެ ސުވަރުގެ ކަމަށް މި ބުނާ ރާއްޖޭގެ ހާލަތު ތިން ވަނަ ފަހަރަށް ކޮވިޑް-19 ގައި ގޯސްވާން ފަށާފައި މިވަނީ ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގަ އެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގާތްގަނޑަކަށް 15 އިން ދަށުގައި ދުވަސްތަކެއް ވަންދެން ހިފަހައްޓާލެވުމަށް ފަހު މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ކޮންމެ ދުވަހަކު 50 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފަ އެވެ. އެންމެ ފަހުން ގާތްގަނޑަކަށް ދެ މަސް ފަހުން އިއްޔެ މިވަނީ 100 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފަ އެވެ.

ރާއްޖޭގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުތަކުގައި ކޭސްތައް ފެންނަމުންދިޔައީ 100 ގެ އަދަދުތަކުގަ އެވެ. އެހެންކަމުން، ކޮވިޑްގެ ތިން ވަނަ ރަނގަބީލުގެ އަޑުގަދަވެދާނެކަމުގެ އިންޒިރާރުތައް ދެމުންދަނިކޮށް އިއްޔެ މި އަދަދުން މައްޗަށް އަރައިގެން ދިއުމަކީ ރާއްޖެއާ ހިސާބަށް ކޮވިޑްގެ ތިން ވަނަ ރާޅު އަރާއި ހަމަކޮށްފި ކަމަށް ބުނެވިދާނެ ސަބެބެކެވެ. 

ކޮވިޑް-19 ގެ ހާލަތުގައި މުޅި ގައުމުގެ ދެ ފަހަރެއްގެ މަތިން މިހާރު ވެސް ގެނބި، އެތައް ތަކުލީފަކާއި ކުރިމަތިލާފައިވާއިރު ތިން ވަނަ ފަހަރަށް އެ ތަކުލީފުތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ކޮޅުމަތީ މިދަނީ ފެންނަމުންނެވެ. ކުރިން މި ފާހަގަކުރި ކޮންމެ ފަހަރަކު ވެސް ރާއްޖޭގެ ހާލަތު ރަނގަޅުވުމާއެކު އެތައް ލުއިތަކެއްދެވިގެންދިޔަ އެވެ. 

ކުރު ގޮތަކަށް ކޮވިޑްގެ ކަންކަން ފެށިގެން އައި ގޮތް ހަނދާންކޮށްލަދޭނަމަ މާލޭ ސަރަހައްދުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނި މުޅި މާލޭ ސަރަހައްދު އޭޕްރީލް 15 ވަނަ ދުވަހު ލޮކްޑައުންކުރެވުނެވެ. އޭގެ ދެތިން ހަފްތާއެއް ކުރިން އައީ ކޮންމެ ދުވަހު އެންމެ ކާރޫބާރޫ ބޮޑު ގަޑިއަށް ކާފިއު ވެސް ހިންގަމުންނެވެ. ކުއްލިއަކަށް އާންމު ދިރިއުޅުމަށް ގެންނަން ޖެހުނު ބޮޑެތި ބަދަލުތަކާއެކު ރައްޔިތުން އެތައް ތަކުލީފެއް އުފުލިއިރު އެ ޝަކުވާތައް ކޮންމެ ދުވަހަކު އިވެ އެވެ. ގެއިން ބޭރަށް ނުނިކުމެވި، ކުޑަ ކޮށްޓެއްގައި ބަންދުވެފައި އިންނަން ޖެހުމުން ނަފްސާނީވެ، މީހާ ބޯގޮވާއި އެތައް ކަންކަމެއް ކުރިމަތިވި އެވެ. 

އެކަމަކު އެއީ ދިވެހިންނެކޭ އެއްގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުންވެސް ހަމަ އުފުލި ތަކުލީފުތަކެވެ، ކޮވިޑްގެ ބަލިމަޑުކަން ފިލައި އާންމު ހާލަތަށް ވީއެންމެ އަވަހަކަށް ރުޖޫއަވާން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ނިކަން ރަނގަޅަށް އެ ފިޔަވަޅުތަކަށް ވެސް ބޯލެނބި އެވެ. 

މިއަދު ތިން ވަނަ ރާޅު އަހަރެމެންނާއި އަހަރާ ހަމަކުރިއިރު އިސްވެ ފާހަގަކުރި އެތައް ތަކްލީފަކުން މިވަނީ އަރައިގަނެވިފަ އެވެ. އެތައް ލުޔެއް ލިބިގެން ހިނގައްޖެ އެވެ. މާލޭގައި ހިންގަމުން އައި ކާފިއުން ފެށިގެން ދުއްވުން މަނާކުރި ގަޑިތަކާއި ބަންދުކުރި މިސްކިތްތަކާއި ސްކޫލުތަކާއި އަދި ރެސްޓޯރަންޓުތައް ފިހާރަތައް ވެސް މިވަނީ ހުޅުވާއި ހިދުމަތްދޭން ފަށާފަ އެވެ. ރަށްރަށަށް ގޮސް ކަރަންޓީނުވާންޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ބަދަލުކުރުމުން ފެށިގެން ގޮސް އެތައް ލުޔެއް މިއަދު ލިބިގެންގޮސްފައިވާއިރު މި ލުއިތައް ދިނީ ކުދިކުދި ކަންތައްތަކަކަށް ފަރުވާ ބަހައްޓާއި މުޅި މުޖުތަމައު އެކީ އެކައްޗެއް ކިޔައި މިކަމުން އަރައިގަތުމަށް މަސައްކަތްކުރުމަށެވެ. 

އެއީ ގިނަ ގިނައިން އަތްދޮވުމަށާއި މާސްކް އެޅުމާއި އިޖުތިމާއި ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އެހެންނަމަވެސް މިއަދު ހަމައެކަނި މާލޭގެ މަގުތަކަށް ބަލާލި ކަމުގައިވިޔަސް، މި ފާހަގަކުރި ކަންކަމަށް ގިނަ ބަޔަކު ދިނީ ބީރު ކަންފަތެއްކަން އެނގި ހާމަވެޔެވެ. ނަމެއްގައި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަމަށް ހަމަ ކުޑަވެސް ބަލާލުމެއް ނެތި އުޅޭ މަންޒަރަކީ މިއަދު އާންމު މަންޒަރެކެވެ.  

ވެކްސިން ޖަހަން ފެށުމުގެ ކުރިން ރާއްޖޭއަށް ކޮވިޑްގެ ތިން ވަނަ ރާޅު ބީއްސާލިއިރު ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވަމުން އަންނަ ތަންތަނުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ. އޭގެ ތެރޭގައި ރިސޯޓުގަކުގެ މުވައްޒަފުންނާއި މާލޭ ސަރަހައްދުގެ މީހުންގެ އިތުރުން ރަށްރަށަށް ކަރަންޓީނަށްދާ މީހުން ވެސް ހިމެނެ އެވެ. މިފަހަރުގެ ރާޅުގައި ގައުމު ގެނބުމުގެ ކުރިން ވެސް ކުރެވެން އޮތް ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކޮންމެ ދުވަހަކު ސިއްހީ މާހިރުން މިކުރަމުންދާ އާދޭސްތަކުގައި ކޮޅުފައިން ނުޖަހައި އެމީހުންގެ އާދޭސްތަށް އަޑުއަހައި މިކަމުން އަރައިގަންނަން އެންމެން އެކީ މަސައްކަތްކުރަން ޖެެހެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް