ރައީސް އޮފީހުން މިހެން ބުނެފައިވަނީ، އެ އޮފީހަށް އާންމު ރައްޔިތަކު ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުގަ އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ދިވެއްސަކީ ގެދޮރުވެރިއަކަށް ހެދުން ކަމަށެވެ.
އެގޮތުން އަމިއްލަ ގެދޮރު ނެތް ހުރިހާ ރައްޔިތުންނަށް، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެގޮތުން ސަރުކާރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން 20،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.