ads
އެސްޓްރަޒެނެކާއިން ކޮވިޑް ވެކްސިން އުފެއްދީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން-- ފޮޓޯ: ރޮއިޓާޒް
ވެކްސިންގެ އެކްސްޕޯޓަށް ދަތި ކުރާނެ ކަމުގެ އިންޒާރު!
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު 27 ގައުމަށް ދޭނެ ކަމަށް ކުރިން ބުނި ކޮވިޑް-19 ވެކްސިންގެ ސަޕްލައި ދަށްކުރަން ނިންމުމާއެކު އެސްޓްރަޒެނެކާ އާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

އީޔޫގެ ހެލްތު ކޮމިޝަނަރު ސްޓެލާ ކިރިއަކިޑޭސް ވިދާޅުވީ އީޔޫގެ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. 

މިދިޔަ ހަފްތާގައި އެސްޓްރަޒެނެކާއިން ބުނީ ޕްރޮޑަކްޝަނުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ޓާގެޓު ކުރި މިންވަރަށް ވެކްސިން ސަޕްލައި ނުކުރެވިދާނެ ކަމަށެވެ. 

އީޔޫގެ ހުރިހާ މެމްބަރު ގައުމުތަކަށް ވެކްސިން ގަންނަނީ އީޔޫ އިންނެވެ. ނަމަވެސް ވެކްސިން ފޯރުކޮށްދިނުމުގައި އީޔޫއިން ލަސްވެފައި ވާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

އީޔޫއިން ބުނެފައި ވަނީ އީޔޫ ގައުމުތަކުގައި ވެކްސިން އުފައްދާ ގައުމުތަކުން އެހެން ގައުމަކަށް ވެކްސިން އެކްސްޕޯޓް ކުރަން ނިންމާ ނަމަ، ކުރީ ބައިގައި އެކަން އަންގަން ޖެހޭނެ ކަމަށެވެ.

އެސްޓްރަޒެނެކާއިން ކުރިން އެއްބަސްވީ މާޗް މަހުގެ ކުރިން އީޔޫއަށް 80 މިލިއަން ޑޯޒް ދިނުމަށެވެ. އެކަމަކު އޭގެ 60 އިންސައްތަ ކުޑަކޮށް، 31 މިލިއަން ޑޯޒަށް މިހާރު ހަދާފައިވާ ކަމަށް ވެއެވެ.

އީޔޫގެ ޑްރަގް ރެގިއުލޭޓަރު، ޔޫރަޕިއަން މެޑިސިންސް އެޖެންސީން އަދި މި ވެކްސިނަށް ހުއްދައެއް ނުދެ އެވެ. އެކަމަކު މި މަހުގެ ފަހުކޮޅު ހުއްދަ ދޭނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް