ads
އިސްލާމިކް ސްޓޭޓުގެ ކުރީގެ އިސްވެރިޔާ:-
އައިއެސްގެ އަމީރަކަށް ތިމަރަފުށީ ރައްޔިތެއް!
ދިވެހި ރާއްޖޭގައި އިސްލާމިކް ސްޓޭޓް ކިޔާ ޓެރަރިސްޓު ޖަމާއަތުގެ އަމީރެއް އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިސްލާމިކް ސްޓޭޓް ހޮރާސަން ޕްރޮވިންސް ފަރާތުން ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ތ. ތިމަރަފުށީ ފެހި ވިދުވަރު އަބްދުﷲ ޝަރީފް ކަމަށެވެ. 

މިއަދު ފުލުހުން ވަނީ ތިމަރަފުށީގައި އައިއީޑީއެއް ތައްޔާރުކޮށް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. 

މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މީހުން ހައްޔަރު ކުރީ ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

ފުލުހުން މައުލޫމާތުދޭ ގޮތުގައި ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން އިސްވެ ތިބެ ޓްރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވަފައި ވެއެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާ "ނަސްހާ-3" ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ނިމިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ހިންގޮ އޮޕަރޭޝަނެއް ގައި ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ މަހުގެ 27 ވަނަ ދުވަހު ވަނީ އިތުރު ދެ މީހަކު އެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ.ތިމަރަފުށި/ އަސްރަފީވިލާ އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ތ.ތިމަރަފުށީ/ ކެނެރީގެ، އަލީ މުނީޒަކީ މަސްތުވާތެކެތި ބޭނުން ކުރުމާއި އެ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ އަދި މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ވަނީ އިސްލާމިކް ސްޓޭޓްއަށް މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ރާއްޖެއިން ލިބެން ހުރި އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ވެސް އެމީހުން ވަނީ ފާޅުކޮށްފަ އެވެ.

10%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް