ads
ފުވައްމުލަކުގައި ކުދިންތަކެއް އަތިރިމަތީގައި ކުޅެނީ-- ފޮޓޯ: މޯލްޑިވްސް ފައިނެއްސްޓު
ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާފައި ވަނީ ކުޑަކުދިންނަށް އަމާޒުކޮށް
ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރު ފަތުރާފައިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން މައުލޫމާތުދޭ ގޮތުގައި ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުން ކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އެގޮތުން ނަމާދު ކުރަން ދިއުމަށް ބާރުއަޅައި، އެފަދައިން ނަމާދުކުރަން ދާން ފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެ ކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށް ބުނެ އެ ފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުވުމަށް ބާރުއަޅާކަން ވަނީ ހާމަކުރެވިފަ އެވެ. އަދި ދީނީ ގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުން ހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެ ފަރާތްތަކާ ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ހަމައެއާއެކު މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލުކުރަން ނުޖެހޭ ކަމަށް ބުނެ އެ ފިކުރު ގަބޫލުކުރާ މީހުން އެއީ އަހުން ކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫން ކަމަށް ބުނެ އެމީހުންނާ ދުރުވުމަށް ބާރުއަޅައި، މިފަދައިން ހައްލުވާލެވޭ ކުދިންނަށް އެކި ގޮތްގޮތުން ފައިސާ ނުވަތަ ތަކެތި ދީގެން އެހީތެރިވެދީ، އެ ކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުން ކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް އެމީހުންނަށް ބާރުއަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެ ރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އެރަށުގެ އާއްމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކި ކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

އަދި ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެ ފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް