ads
އާތިކާ އިބްރާހީމް -- ފޮޓޯ: މިހާރު
ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ސަސްޕެންޑްކޮށްފި
ސުޕްރީމް ކޯޓުގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމް ސަސްޕެންޑްކޮށްފި އެވެ.
Advertisement
ސުޕްރީމް ކޯޓުގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އާތިކާ އިބްރާހިމް ސަސްޕެންޑްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޒަންގެ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި އާތިކާ މިއަދު ސަސްޕެންޑް ކުރީ އޭނާގެ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަމުންދާތީ އެވެ.

ޑީޖޭއޭ އިން ވަކި އެއްޗެއް އަންގަންދެން އާތިކާ ސަސްޕެންޑް ކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ. ހުސައިން ފާއިޒުގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އާތިކާ އަދާކުރައްވަމުން ގެންދަވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒުގެ ޒިންމާތައް އާތިކާއާ ހަވާލުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

އާތިކާ ސަސްޕެންޑް ކުރި ސީދާ ވަކި ސަބަބެއް ޑީޖޭއޭ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާތިކާ ސަސްޕެންޑް ކުރީ ފާއިޒުގެ ޒިންމާތަކާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓަރީއެއްގެ ގޮތުގައި ވެސް އާތިކާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެނގިފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ. ހުސައިން ފާއިޒާއި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އަދި ޑރ. ފާއިޒަށް އުއްތަމަ ފަނޑިޔާރު އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށަހެޅިފަ އެވެ.

ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ވަނީ ޑީޖޭއޭ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލުކޮށްފަ އެވެ. ޑީޖޭއޭ ކުރިން ހިނގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. މިބަދަލާ އެކު ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް