ads
ވީޑިއޯ ރިޕޯޓް-
އައިލެންޑް ޕްރެޒިޑެންޓްގެ "އަނގަޔަށް ވެލި" ވަނީ ތަ؟
ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ގައުމެކެވެ. ރާއްޖޭގެ ކުދި ރަށްތައް ވަނީ ފެހި ގަސްތަކާއި ރުށްތަކުން ޖަރީވެފައެވެ. ރީތި ދޮންވެލި ގޮނޑުދޮށާއި ނޫކުލައިގެ ރިތި މޫދަކީ ރާއްޖޭގެ ފަހުރާއި ނަސީބެވެ.

ނަމަވެސް މިއަދު މި ފެންނަނީ އެ ގުދްރަތީ ނަސީބަށް ބަޔަކު އަރައިގަނެގެން އުޅޭ މަންޒަރަވެ. އަދި އެކަން ހުއްޓުވަން ރާއްޖޭގެ ސަރުކާރުން ނުކުޅެދޭ މަންޒަރެވެ.

އެމްޑީޕީގެ ސަރުކާރަކީ އަބަދުވެސް ރާއްޖޭގެ ޖަޒީރާވަންތަކަށް ދަމަހައްޓަން އެތައް ވައުދުތަކެއް ވާ ބައެކެވެ. އެމީހުންގެ ސަރުކާރުގައި ރާއްޖޭގެ ގުދުރަތީ ނިޒާމުތައް ރައްކާތެރި ކޮށްދޭނެ ކަމުގެ އެތައް ވައުދުތަކެއްވާ ބައެކެވެ.

ހާއްސަކޮށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ތިމާވެށި ރައްކާތެރިކޮށްދިނުމަށް ކުރީ ސަފުގައި އަޑުގަދަ ކުރާ ބޭފުޅެކެވެ. އެބޭފުޅާގެ ބަހުރުވައިން ނަމަ އެއީ ތިމާވެށީގެ ބައްޕައެވެ. 

އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ކަނޑުއަޑީގައި ކެބިނެޓް މީޓިން ބާއްވާ ރާއްޖޭގެ ގުދުރަތީ ނިޒާމަށް ދިމާވެފައިވާ ކަންކަން ދެނެގަނެ އެކަން ހައްލުކުރައްވަން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މަޝްރަހުގައި ވެސް ރާއްޖެ ވަނީ ރައީސް ނަޝީދުގެ ދައުރުގައި އެކި އެކި ތިމާވެއްޓާ ގުޅުން ހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި ސަބަބުތަކާ ހުރެ ދުނިޔޭގައި އެ މަނިކުފާނު މަޝްހޫރުވެފައިވަނީ އައިލެންޑް ޕްރެޒިޑެންޓްގެ ނަމުންނެވެ.

ނަމަވެސް އެބޭފުޅާގެ ވެރިކަމުގެ ދުވަސްތައް އޮޔާގޮސް މިހާރު އަނެއްކާވެސް އެމްޑީޕީގެ އާ ސަރުކާރެއް މި ވަނީ ކުރިމަތީގައެވެ. ތިމާވެއްޓަށް އެތައް ކަންތައް ކޮށްދިނުމުގެ ފޮނި އަދި ބޮޑެތި ވައުދުތަކާ އެކުގައެވެ. އަދި އެ ޕާޓީގެ ބާނީ މިހާރު އެ ހުންނެވީ ގައުމުގެ ތިން ބާރުގެ ތެރެއިން އެއްބާރުގައެވެ. ގާނޫނު ހަދާ މަޖްލީހުގެ ރައީސްގެ މަގާމުގައެވެ. ނަމަވެސް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ވި ވައުދުތައް މިއަދު ވަނީ އޮޔާލާފައެވެ. ދާދި ފަހުން ކަނޑާލި ފިނޮޅުގެ މެދުން އޮއި ދާ ބީދައިންނެވެ.

ސައުދީއަށް ތެޔޮވަޅެއް މުހިންމުވާ ގޮތަށް ރާއްޖެއަށް ފިނޮޅަކީ މި ގައުމުގެ  ރަން ބިސް އަޅާ ކުކުޅެވެ. ރާއްޖޭގެ ރީތިކަމަށް އިތުރުވާ ބޮޅެކެވެ. ނަމަވެސް ބިދޭސީންނާއި ދިވެހިންގެ ބަޔަކު ވެގެން އެތަން ސުންނާފަތި ކުރިއިރު ވެސް ދަ އައިލެންޑް ޕްރެޒިޑްންޓް ހުރީ ހަނެވެ. 

މީގެ އިތުރުން ވެސް މާފުށީގެ ކުނީގެ މައްސަލައިގައި ވެސް އެމަނިކުފާނު މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ރާއްޖޭގެ ތިމާވެށި ކުނިވެގެން ދާތަން އެމަނިކުފާނުގެ ލޮލަށް ހަމަ ގައިމު ވެސް ފެންނާނެވެ.

ކަން މިހެން ހުރިއިރު ތިމާވެއްޓޭ ކިޔައިގެން އެންމެ އަޑު ގަދަކޮށް ވަކާލާތުކުރި ބޭފުޅަކު، މިއަދު މަޖިލީހަށް ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން ހުށަހަޅާ މައްސަލަތަކަށް އެދެވޭ ޖަވާބެއް ނުދެއްވާ ކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު އީޕީއޭ މިނިވަން މުއައްސަސާއަކަށް ވެސް އަދި ހެދިފައެއް ނެތެވެ. ބޭރުގެ ބިދޭސީން ރާއްޖޭގެ ރަން ވަޅުތައް ހަލާކު ކުރަމުންދާއިރު އެމަނިކުފާނު ގެންގުޅުއްވި އެއްވެސް ދިރުމަކަށް ގެއްލުން ނުދޭނެ ކަމުގެ ވައުދު ކޮބާ ހެއްޔެވެ؟

ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ގުދުރަތީ ރީތިކަމަށް މަކަރުވެރި ބިދޭސީން އަރާ ސުންނާފަތި ކޮށްލާއިރުވެސް "ދަ އައިލެންޑް ޕްރެޒިޑެންޓް" ހުންނެވީ އަނގައިގައި ބޮޑު ތަޅު އަޅުވައިގެންނެވެ.

27%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް