ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޔާމިން ރަޝީދު
ޔާމިންގެ ހަ އަހަރު ކުރީގެ ޓުވީޓެއް، ބުނެދިނީ މިއަދުގެ ހަގީގަތް!
މިއަދު ހަބަރުތަކުގެ ފަލަ ސުރުހީން ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެކެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރި ހަބަރެކެވެ. އައިއެސް އާއި ގުޅިގެން ސްކޫލަކަށް ހަމަލާ ދޭން ރޭވިކަމުގެ ހަބަރެކެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ހަރުކަށި ފިކުރު ފަތުރާ ހަބަރެކެވެ.
Advertisement

މިފަދަ ހަބަރުތަކުން ސޯޝަލް މީޑިއާ ފުރި ބަންޑުންވަމުން އަންނައިރު، ފެނުނީ މީގެ ހައަރު ކުރީގެ ޓުވީޓެކެވެ. ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ 2017 ވަނަ އަހަރު ފެނުނު ޔާމީން ރަޝީދު 2015ގައި ކޮށްފައިވާ ޓުވީޓެކެވެ. 

މި ޓުވީޓުގައި ޔާމީން ވަނީ ސުވާލެއް ކޮށްފައެވެ. އެގޮތުން ސީރިއާއަށް ޖިހާދަށް ދިޔަ މީހުން އެނބުރި އައިސް، އަހަރެމެންގެ ދަރިންނަށް "ބަޑި" ބޭނުން ކުރަން ދަސްކޮށްދޭ ދުވަހުން މިއީ ހަމަ ހުރެފަ ވީ ކަމެއް ކަމަށްތޯ ބުނާނަންތޯ ޔާމީން ސުވާލުކޮށްފައިވެއެވެ.

your image2015ގައި ޓެރަރިޒަމާއި ގުޅިގެން ޔާމީން ރަޝީދު ކުރި ޓުވީޓު ---

މި ސުވާލު ފެނުމުން މިއަދު ރާއްޖޭގެ ނޫސްތަކުން ކިޔުނު އެކި ހަބަރުތަކާ މެދު ފުންކޮށް ވިސްނާލުމަށް މަޖުބޫރު ކުރުވިއެވެ. މީގެ ހަ އަހަރު ކުރިން ޔާމީން ދައްކާފައިވާ މި ވާހަކަ މިއަދު މިވަނީ ތެދަކަށް ބަދަލު ވެފައެވެ. 

އަޑުއިވިގެން ދިޔައީ ދިވެހި ދަރިންތަކެއްގެ ސިކުނޑި ކާލާ، ޅަދަރިންތަކެއްގެ ބޮލުގައި ހަރުކަށި ވިސްނުންތަކެއް ހަރު ކުރުވަން ބަޔަކު މަސައްކަތް ކުރި ވާހަކަ އެވެ.

މިކަން ބޮއްސުންލައިގެން ނުދަނީސް ފުލުހުން މިވަނީ މިކަމުގެ އަޑީގައި ތިބި ބަޔަކު ހައްޔަރު ކޮށްފައެވެ. މިއާއެކު އުފެދޭ ސުވާލަކީ މިކަން ތަކުރާރު ވާނެބާއެވެ؟ މިކަން ތަކުރާރު ނުކުރުމަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ހަ އަހަރު ކުރީގެ ވާހަކައެއް މިއަދުގެ ހަގީގަތަކަށް ވީކަމީ، ކަންކަން ވަމުންދާ ގޮތަށް މާބޮޑު ބަދަލެއް ނާންނަކަން ދައްކުވައިދޭ ކަމެކެވެ. މިދުވަސް ކުރިއަށްއޮއްތާގައި ތަކުރާރު ނުކުރެވެން އޮތީ ކަމާ ބެހޭ ފަރާތްތަކުން އިތުރު ފިޔަވަޅު އަޅާއިގެންނެވެ. އާންމުން އިތުރަށް ޒިންމާދާރުވެގެންނެވެ. މިއީ އަހަރެމެންގެ ދަރިންގެ މުސްތަގުބަލަށް ކަޅު ހިޔަންޏެއް އެޅުނަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ. 

30%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް