ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 12:00 އިން ފެށިގެން ފަތިހު 4:00 ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެއާއެކު މާލޭ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ވެސް ބޭއްވުން މަނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެ ފިޔަވަޅުތައް އެޅިއިރު މިފަހުން ފެންނަ ކޮވިޑްގެ ކޭސްތައް ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އިއްޔެ ވެސް ރާއްޖެއިން 145 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވި ދަނޑިވަޅުގައި މީގެ ކުރިން ވެސް ވަނީ ކަފިއު ހިންގާފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތައް ވެސް ބޭއްވުން މަނާކުރި އެވެ. އެހެންނަމަވެސް ރާއްޖެއިން ފެންނަ ކޭސްތައް މަދުވުމާއެކު އެޅި ފިޔަވަޅުތަކަށް ލުއިތައް ވެސް ދިނެވެ.