އިކޮނޮމިކް މިނިސްޓްރީން ގެނައި މި ބަދަލާއިއެކު، މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:00 އަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރިން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހިދުމަތްދެމުން އައިސް އެވަގުތު އެންމެ ފަހުން ދިގުކޮށް ބަދަލުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ގިނަ ފިޔަަވަޅުތަކަކަށް އެޗްޕީއޭއިން ލުއިތައްް ދިނުމާއިއެކު އެފަދަ ތަންތަން ހުޅުވާ ވަގުތު އިތުރުކުރީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ދިޔުމުންނެވެ.
އެހެންނަމަވެސް މިވަގުތަށް އަނެއްކާވެސް ބަދަލު ގެނެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:00 އަށް ކަމަށް މިއަދު އިއުލާންކޮށްފއި މިވަނީ މިފަހުން ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، ކާފިޔުވެސް އަލުން އިއުލާންކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑި ބަދަލުކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވެސް އެދިފަ އެވެ.