އެގޮތުން ކާޖޮލް ބުނެފައި ވަނީ ދަރިއަކު ލިބުމުން ރަނގަޅު މަންމައަކަށް ވުމަށް އެކި ދިމަދިމާލުން ޕްރެޝަރު ކުރަން ފަށާ ކަމަށެވެ. ދަރިފުޅަށް ކައްކާ ނުދެވޭ ނަމަ އަދި ދަރިފުޅު ބަލާ ސްކޫލަށް ނުދެވޭ ނަމަ އެއީ ގޯސް މަންމައެއްގެ ގޮތުގައި މީހުން ސިފަކުރާ ކަމަށް ބުންޏެވެ.
ކާޖޮލް ބުނީ މީހަކު ގޯސް މަންމައެއްގެ ގޮތުގައި ލޭބަލް ކުރަން އެތައް ކަމެއް މީހުން ފާހަގަކުރާ ކަމަށާއި ރަނގަޅު މަންމައެއް ކަމަށް ކަނޑައެޅުމަށް ފާހަގަކުރާ ކަންކަން މާ މަދު ކަމަށެވެ. އަދި މަންމައިން ވާން ޖެހެނީ ވަކި ކަހަލަ ބަޔަކަށް ކަމަށް މުޖުތަމައަށް ހީވެފައި އޮންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭގެ އިތުރުން ކާޖޮލް ވަނީ ވަޒީފާއަށް ދަމުން ދަރިން ބަލާ މަންމައިން ތައުރީފުކޮށްފަ އެވެ. އަދި ގޭގައި ދަރިން ބަލަން މަޑުކޮށްގެން ތިބޭ މަންމައިން ވެސް އަދާކުރަނީ ބޮޑު ވަޒީފާއެއް ކަމަށް އޭނާ ބުންޏެވެ.
ކާޖޮލް އާއި އެކްޓަރު އަޖޭ ދޭވްގަން އަށް ވަނީ ދެ ކުދިން ލިބިފަ އެވެ. އެއީ ނީސާ އާއި ޔޫގް އެވެ.