އެ ޓީމުން މިއަދު މަސައްކަތް ފަށާފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުންނެވެ.
އެތައް ބައިވަރު ބަހަނާތަކަކަށް ފަހު ޑަބްލިއުޗްއޯގެ ޓީމު ޗައިނާއަށް އަރުވާފައިވާއިރު، ޓީމަށް ޗައިނާއިން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެ ޓީމުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރިން ދުނިޔޭގައި ފެތުރުނު ސާސް ރޯގާއަކީވެސް ޗައިނާގެ ލެބޯޓަރީއެއްގައި ވައިރަސް "ތަހުލީލު" ކުރަނިކޮށް ފެތުރުނު ބަލިމަޑުކަމެކެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން ގެންދަނީ މިހާރު ދުނިޔެއަށް ޖެހިފައިވާ ކޮވިޑް 19 ގެ އާލަމީ ވަބާއަކީ ވެސް ޗައިނާއިން ފެށުނު އެއްޗެއްތޯ ޔަގީންކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނަަމަވެސް ޗައިނާއިން އެންމެ ފުރަތަމަ ބުނީ އެ ގައުމަށް ކޮރޯނާ ވައިރަސް އައީ އެމެރިކާއިން ކަމަށެވެ. އަދި ފަހުން ބުނެފައިވަނީ ވައިރަސް އައީ އިޓަލީން ކަމަށެވެ.