
މިހާރު ލޯބި ލޯބި ތައިމުރަށް ހަތަރު އަހަރު ވެފައިވާއިރު ކަރީނާ ތައިމުރް ވިހޭ ވަގުތު ނެގި ފޮޓޯތަކެއް މިއަދު ވަނީ ސޯޝަލް މީޑިއާގއި ހިޓް ވެފައެވެ.
ކަރީނާ ތައިމުރު ވިހައިގެން އޮއްވާ
އެގޮތުން އެއް ފޮޓޯގައި ތުއްތު ތައިމުރް ކަރީނާގެ އަތު ތެރޭގައި ބަސްއަހައިގެން އޮންނަ މަންޒަރު ފެނިގެންދެއެވެ. ސައިފް ކަރީނާ އަދި ދަރިފުޅާ ދިމާލަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަމުންދާ މަންޒަރުވެސް ފެނިގެން ދެއެވެ. ހަމަގައިމުވެސް އެ ވަގުތުކޮޅު އެ ދެމަފިރިންގެ ހަނދާނުގައި އަބަދުވެސް ހަރުލާފައި ހުންނާނެއެވެ.
މިހާރު ކަރީނާ އަދި ސައިފް ދަނީ އެމީހުންގެ ދެވަނަ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުން ކަރީނާ ވިހަން ޑޮކްޓަރު ދީފައިވާ މަހަކީ ފެބްރުވަރީ މަސް ކަމަށް ސައިފް ވަނީ ހާމަކޮށްފައެވެ. އަދި މިހާރު އެމީހުން ވަނީ ވިހެއުމުގެ ކުރިން އެހެން ގެއަކަށް ވެސް ބަދަލުވެފައެވެ.