ads
ފާރިސް މައުމޫނު ---
ފާރިސް ބަންދު ކުރަން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި
ރައްޔިތުން މަޖިލީހުގެ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން 2017 ވަނަ އަހަރު ނެރެފައިވާ އަމުރު،، ހައިކޯޓުން ބާތިލު ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް ހައްޔަރުކޮށްފައިވަނީ، އޭރުގެ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުހައި ހުންނެވި އަބުދުﷲ މަސީހުގެ އިތުބާރުނެތް ކަމަށް ފާސް ކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށް، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ، ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެގޮތުން އެ މައްސަލައިގައި ހުކުމް ކުރެވެންދެން، ނުވަތަ ބަންދާމެދު އިތުރު ގޮތެއް ކަނޑައަޅަންދެން، ފާރިސް ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމް ކޮށްފައިިވެއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި 19 ޖުލައި 2017ގެ 14:30 އިން ފެށިގެން ފާރިސް ބަންދުގައި ބެހެއްޓުމަށްވެއެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވާ ތާރީހެއް ކްރިމިނަލް ކޯޓުން ކަނޑައަޅާފައެއް ނުވެއެވެ. 

މި މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 30 ޖުލައި 2017 ގައެވެ. މި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ހައިކޯޓުގައި ބޭއްވި އިރު، މި ޝަރީއަތުގައި ހައިކޯޓުން ވަނީ އޭރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް ނިންމާފައެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުރައޫފު އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް