ads
ގާޒީ އަހްމަދު ހައިލަމް -- ފޮޓޯ: ރައީސް އޮފީސް
ބިދޭސީ މީހާ ޑީޕޯޓު ކުރުމުން ހައިލަމްގެ ފާޑުކިޔުން ޕީޖީއަށް!
މިސްކިތުގައި މާރާމާރީ ހިންގި އިންޑިއާ މީހާ ޑީޕޯޓް ކޮށްލަން ނިންމީ ވަކި ގައުމަކަށް ނިސްބަތް ވާތީ ނޫން ކަމަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމުން، އެ ނިންމުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ފާޑުކިޔުއްވައިފި އެވެ.

މި މައްސަލައިގައި ހައިލަމް ކުރެއްވި ޓުވީޓެއްގއި ޕީޖީއަށް ފާޑު ކިޔުއްވީ، ކުށެއް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވާނަމަ، އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެއެވެ.

އެގޮތުން މިކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓުގައި ވަނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމަށް ގާނޫނުގައި ކަނޑައަޅާކަންކަން ފެންނަ ސްކްރީންޝޮޓެއް ހިއްސާ ކުރައްވާފައެވެ. އަދި ކުށެއް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދައްކާފާނެ ކަމުގެ ބިރު ދައްކައިފި ހާލަތެއްގައި އާންމު މަސްލަހަތަށް ފައިދާ ހުރި ގޮތަކީ ދައުވާ ކުރުންކަން ގާނޫނުގައިވާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.

ހައިލަމް ވިދާޅުވީ މިކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ގާނޫނާ ހިލާފަށް މަސްލަހަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ޕީޖީއަށް ލިބިގެން ނުވާ ކަމަށެވެ.

މި މައްސަލައިގައި ޕީޖީންވަނީ އެ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރިއިރު އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރުމަށް ވުރެ މަސްލަހަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް ފެންނަ ކަމަށް ބުނެފައެވެ. 

އަދި އެ ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާ ލިބުނު ފަރާތާ ޕީޖީ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދެކޭ ގޮތް ބަލާފައިވާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ. މީގެ އިތުރުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ތަހުގީގުކުރި ފަރާތުގެ ލަފަޔަކަށްވެސްވީ، އެމީހާ ޑީޕޯޓްކޮށްލުމުގެ މަސްލަހަތު ބޮޑު ކަމަށް ޕީޖީން ބުނެފައިވެއެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާ ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ ހަފްތާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް