ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ފޯމުތައް އެޓާނީ ޖެނަރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފާގެ މަތިން އަލުން އިވެލުއޭޓް ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

Advertisement

އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފޯމުތައް އަލުން އިވެލުއޭޓްކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކުރާނީ ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ. އަދި އެކަމުގައި މިނިސްޓްރީން ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
ދިއްދޫގައި ވަނީ 250 ހައުސިން ޔުނިޓް އަޅާފަ އެވެ. އެ ހައުސިން ޔުނިޓްތަކަށް އެދި 440 މީހުން ހުށަހެޅި ނަމަވެސް ޝަރުތު ހަމަވެ 140 މީހަކަށް 2018 ވަނަ އަހަރުގެ ތެރޭގައި ވަނީ ހައުސިން ޔުނިޓް ދީފަ އެވެ.
ހައުސިން ޔުނިޓްތަކުގެ މައްސަލަ ހޫނުވީ ކުރިން ދޫނުކޮށް ހުރި 110 ހައުސިން ޔުނިޓު 2015 ވަނަ އަހަރު ހުށަހެޅި މީހުންގެ ތެރެއިން ނުލިބޭ މީހުންނަށް ދޫކުރުމުންނެވެ.
އެހެންވެ އެ މައްސަލަ ބޮޑުވެ ރައްޔިތުންނާއި ކައުންސިލުން ވެސް ވަނީ އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.