ads
ސަލްޓަން ޕާކް--
ޕާކުތައް ހުޅުވާގަޑިތަކަށް ބަދަލު ގެނެސް، ޕާޓީތަކަށް ދޫކުރުން ހުށްޓާލައިފި
މާލޭ ސިޓީގެ ޕާކުތައް ހުޅުވާގަޑިތަކަށް ބަދަލު ގެނެސް، އެތަންތަން ޕާޓީތަކަށް ދޫކުރުން ހުށްޓާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ކޮށްފައިވާ އިއުލާނެށްގައި ބުނެފައި ވަނީ އެ ބަދަލްތަކަކީ ކޮވިޑް19 އާއި ގުޅިގެން އެޗް.ޕީ.އޭ އިން އަލަށް އިއުލާންކުރި މިންގަނޑުތަކާ ގުޅިގެން ގެންނަ ބަދަލުތަކެއް ކަމަށެވެ. އަދި އެ ބަދަލް ގެނައުމަށް ހަމަޖެހިފައިވަނީ 30 ޖެނެވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން މާދަމައިން ފެށިގެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ހުޅުވާނީ ފަތިހު 5:00 ހެނދުނު 8:00 އަށެވެ. އަދި ހަވީރު 5:00 އިން ހެނދުނު 8:00 އަށެވެ.

އެ ޕާކުތަށް ކުރިން ހަމަޖެހިފައިވާ ގޮތުން ހުޅުވަނީ ފަތިހު 4:30 ފެށިގެން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.

މީގެ އިތުރުން މާލޭ ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އެޗް.ޕީ.އޭއިން ނިންމާފައި ވުމާއެކު އެކަންކަން މާލޭ ސިޓީގައިވަނީ ހުއްޓާލެވިކަމަށާއި އެހެންކަމުން އެޗް.ޕީ.އޭ.އިން އިތުރު ގޮތަކަށް ހަމަޖައްސަވަންދެން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކް ގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ދޫނުކުރާ ގޮތަށް ވަނީ ހަމަޖައްސާފަކަށް ވެސް ސިޓީ ކައުންސިލް އިން ވަނީ ބުނެފައެވެ.

އަދި ކުރިން ހަފްލާތަކަށް ބުކިންގް ހަދާފައިވާ ފަރާތްތަކުގެ ބުކިންގް ކެންސަލްކުރިކަން މާލޭ ސިތީ ކައުންސިލްގެ އިދާރާއިން އަންގަމުންދާނެކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ހަމައެއާއެކު ޕާކްތަށް ހުޅުވައި ހިދުމަތް ދެމުން ގެންދާނީ އެޗް.ޕީ.އޭ.ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެގޮތުން އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ހަމަވުމުން އިތުރު ބަޔަކު ނިކުންނަންދެން މީހުން ވެއްދުން ހުއްޓާލެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލްއިން ވަނީ ބުނެފައެވެ. އަދި ވަންނަ ފަރާތްތަކުގެ ހުން ހުރިތޯ ބަލައި އަތްދޮވުމަށް އެންގޭނެ ކަމަށާއި ޕާކަށް ވަންނަން ޖެހޭނީ މަސްކު އަޅާއިގެންނާއި އަދި ޕާކްތެރޭގައި އުޅޭއިރު އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑު ހިފަހައްޓަން ވާނެ ކަމަށް ވެސް ސިޓީ ކައުންސިލް އިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް